އަޝްވާގް ފައުޒީ   17 އޯގަސްޓު 2026 - 8:55
ބަންގްލަދޭޝްގެ ނަރުސިންގްދީ
ބަންގްލަދޭޝްގެ ނަރުސިންގްދީ
ބަންގްލަދޭޝްގެ ނަރުސިންގްދީ އާއި އެ ސަރަހައްދުގެ ކައިރި ހިސާބުތަކަށް މިއަދު ހެނދުނު ކުޑަ ލޮޅުމެއް އަތުވެއްޖެއެވެ.

މެޓް އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ރިކްޓަރ ސުކޭލުން 3.0 ގެ ބާރުމިނުގައި އައި މި ބިންހެލުމުގެ އިޙްސާސް ކުރެވިފައިވަނީ ބަންގްލަދޭޝް ގަޑިން ހެނދުނު 5:32 ހާއިރުއެވެ.

މި ބިންހެލުމުގެ މަރުކަޒަކީ ނަރުސިންގްދީގެ ޝިބްޕޫރުއެވެ.

އެއީ ޑާކާގެ އަގަރްގާއޯން ސައިސްމިކް ސެންޓަރާ 47 ކިލޯމީޓަރު އުތުރު-އިރުމަތީގައި އޮންނަ ސަރަހައްދެކެވެ.

މި ލޮޅުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ ނުވަތަ މާއްދީ ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް