ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނަވުމުން އެންމެންނަށް ބޮޑެތި މަގާމުތައް ދިނުމުގެ ބޭނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
'ނޭޝަން ޗެޓް' ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު މިރޭ ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ އެ ފަރާތްތަކުގެ ތެރޭގައި ވެރިކަން ކުރަން ބޭނުންވާ މީހުން ގިނަވުމުން ކަމަށެވެ. އެމަނިކުފާނު ވަނީ އިދިކޮޅު ފަރާތްތަކުން ވެރިކަމުގެ ނިޒާމް ބަދަލުކުރަން އުޅޭ މަޤްޞަދާމެދު ސުވާލު އުފައްދަވާފައެވެ.
"އެ މީހުންގެ ތެރޭގައި ވެރިކަން ކުރާހިތްވާލެއް ގިނައީ މީހުން. އެހެންވީމަ އެންމެންނަށް އެބަ ޖެހޭ ބޮޑެތި މަޤާމުތައް ދޭން ދެއްތޯ. ރައީސްކަމާއި، ބޮޑުވަޒީރުކަމާއި މިހެން ދެން ކޮންމެވެސް އެހެން ނަމެއް ކިޔާފައިވެސް ދީފާނެ. އޮތިއްޔާ ރަސްގެފާނުވެސް އެ މީހުން ގެންނަން ބޭނުންވާނެ،" ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ މެދު ދިވެހި ރައްޔިތުން ވަނީ ވަރަށް ސާފު ނިންމުމެއް ނިންމާފައެވެ. ރާއްޖެއަކީ ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވޭ، ކުޑަ އާބާދީއެއް އޮތް ޤައުމަކަށް ވުމާއެކު، ދިވެހިން ބޭނުންވަނީ ޔުނިޓަރީ ނުވަތަ އެއްބައިވަންތަ ދައުލަތެއް އޮންނާނެ ރިޔާސީ ނިޒާމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެއް ބަހަކުން ވާހަކަދައްކާ، އެއް ނަސްލެއްގެ ބަޔަކަށް ދިވެހިން ވާއިރު، ވެރިކަމުގެ ނިޒާމަކީ އެ ސިފަތައް ދަމަހައްޓާނެ ނިޒާމަކަށް ވުމަކީ ރައްޔިތުންގެ އެދުމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ޤައުމުގެ އެއްބައިވަންތަކަން ބަދަލުކޮށްލާނެ ފަދަ ވެރިކަމުގެ ނިޒާމެއް ގެނެސްގެން، އެއްބައިވަންތަކަން ގެއްލެން ދިވެހިން ބޭނުންވާނެ ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. އެގޮތަށް ތާއީދުކުރާނީ ވަކި ޕާޓީއެއްގެ ލީޑަރުން އެގޮތަށް ނިންމުމުން އެކަމަށް ތާއީދުކުރާ މަދު ބަޔަކު ކަމަށް ރައީސް ވިދާޅުވިއެވެ.
މިފަދަ ބަދަލެއް ގެނައުމަށް މިއީ އެންމެ އެކަށީގެންވާ ދަނޑިވަޅުތޯ ސުވާލުކުރުމުން ރައީސް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނެސްފިނަމަ ވެގެންދާނެ ގޮތް ދިވެހިންނަށް ސާފުކޮށް އެނގޭ ކަމަށެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށް ބަލާއިރުވެސް، ބަރުލަމާނީ ނިޒާމު އޮތުމުން ކައިކައިރީގައި ބޮޑުވަޒީރުން ބަދަލުވާން މެދުވެރިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާނޫނުއަސާސީ އޮތްގޮތުން މި ނިޒާމުގައި ގިނައީ ރިޔާސީ ނިޒާމުގެ ސިފަތަކެވެ. ރިޔާސީ ނިޒާމެއްގައި ދައުލަތާއި ސަރުކާރުގެ ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެއީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބުކުރާ ބޭފުޅެކެވެ. ނަމަވެސް ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ ވެރިއަކީ މަޖިލީހުގެ އަޣުލަބިއްޔަތުން ހޮވާ ބޮޑުވަޒީރެވެ.
ދިވެހިރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ބެލުމަށް 2007 ވަނަ އަހަރު ނެގުނު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސީދާ ވޯޓުގައިވެސް، ގިނަ ރައްޔިތުން ތާއީދުކޮށްފައިވަނީ ރިޔާސީ ނިޒާމަކަށް ކަން ފާހަގަކުރެވެއެވެ.

MEX
CIV
GER
ކިޔުންތެރިންގެ ހިޔާލު