ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުމުގެ ކުރިން، ގޫގުލްގެ އެންޑްރޮއިޑް އާތްކުއޭކް އެލާޓްސް ސިސްޓަމް މެދުވެރިކޮށް އާންމުންނަށް އިންޒާރު ދީފިއެވެ.
މި ނިޒާމުގެ ސަބަބުން ބިންހެލުމުގެ ސިއްކަ އައުމުގެ ކުޑަ ސިކުންތުކޮޅެއް ކުރިން އާންމުންނަށް ލިބުނު މި އިންޒާރުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ސަލާމަތް ކުރެވުނު ކަމަށް ބެލެވެއެވެ.
7.2 މެގްނިޓިއުޑްގެ މި ބިންހެލުމަށްފަހު، 39 ސިކުންތު ފަހުން 7.5 މެގްނިޓިއުޑްގެ އިތުރު ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު، މި ހާދިސާތަކުގައި 164 މީހުން މަރުވެ، ގާތްގަނޑަކަށް 1،000 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
މި ނިޒާމު މަސައްކަތްކުރަނީ ކޮންމެ އެންޑްރޮއިޑް ފޯނެއްގައި ހުންނަ ކުޑަކުޑަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެންނެވެ. މިއީ ބިންހެލުމުގެ ރާޅުތައް ދެނެގަތުމުގެ ގާބިލުކަން ލިބިފައިވާ އާލާތެކެވެ.
ބިންހެލުމެއް އަންނަކަމުގެ އިހުސާސް ފޯނަށް ކުރެވުމާއެކު، އެ މައުލޫމާތު ގޫގުލްގެ ސާވާތަކަށް ފޮނުވައެވެ. މިގޮތަށް މިލިއަނުން ގުނާލެވޭ އެންޑްރޮއިޑް ފޯނުތައް ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ބިންހެލުން ދެނެގަންނަ ނެޓްވޯކް އުފެދެއެވެ.
ގޫގުލްގެ ސާވާތަކުން ގިނަ ފޯނުތަކަކުން އަންނަ މިފަދަ ސިގްނަލްތައް އެއްކޮށް، ބިންހެލުމެއް އަންނަކަން ކަށަވަރުކުރުމަށްފަހު، އިންޒާރުގެ މެސެޖުތައް އާންމުންނަށް ފޮނުވައެވެ. މި ސިގްނަލްތައް ދަތުރުކުރަނީ އަލީގެ ދުވެލީގައި ކަމަށްވާތީ، ބިންހެލުމުގެ ސިއްކަ އައުމުގެ ކުރިން އިންޒާރު ލިބުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
މިއީ ސީދާ ބިންހެލުން ލަފާކުރުމެއް ނޫން ނަމަވެސް، ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން އިންސާނީ ފުރާނަ ސަލާމަތްކުރުމަށް ގޫގުލްއިން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.

SWE
NED
ކިޔުންތެރިންގެ ހިޔާލު