އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، އެ ޕާޓީގެ ލީޑާޝިޕަށާއި އެންމެހާ ލޮބުވެތި މެންބަރުންނަށް މަރުޙަބާ އާއި ހެޔޮއެދުންތައް ފޮނުއްވައި ރައީސް ޞާލިޙް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީއަކީ ރާއްޖެއަށް ސިޔާސީ ބޮޑެތި ބަދަލުތަކެއް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި ޕާޓީ ކަމަށެވެ.އެގޮތުން ރާއްޖޭގެ އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ޙަޤީޤީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެމްޑީޕީ އިން ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ރާއްޖެއަށް އިޞްލާޙީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި މި ޕާޓީ ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އެބައޮތް. އަޅުގަނޑުމެންގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމުގައި ދެމިތިބުން،" ރައީސް ޞާލިޙް ވިދާޅުވިއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އެ ޕާޓީއަކީ ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެއް ޕާޓީއެވެ. އަދި ރާއްޖޭގެ ވެރިކަން ދެ ދައުރެއްގައި އެ ޕާޓީން ވަނީ ކޮށްފައެވެ.

USA
IRQ
FRA
ކިޔުންތެރިންގެ ހިޔާލު