ރައްޔިތުންގެ ފާގަތިކަމާއި ތަނަވަސްކަމަށްޓަކައި، އެމްޑީޕީން އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ހިފުން މަޖުބޫރުވެފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 21 އަހަރު ފުރުމުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' މެދުވެރިކޮށް ފޮނުއްވި ތަހުނިޔާގެ މެސެޖެއްގައެވެ.
ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއަށް ޑިމޮކްރެސީ ތައާރަފްކޮށް، ގައުމު ޒަމާނީ މިސްރާބަކަށް ގެންގޮސްދިނުމުގެ އަސްލަކީ އެމްޑީޕީއެވެ. ވަކިން ހާއްސަކޮށް، 2008 ވަނަ އަހަރު ވުޖޫދުވި އައު ގާނޫނުއަސާސީ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމުގައި އެމްޑީޕީން ކުރި ބުރަ މަސައްކަތާއި އަދާކުރި އިސް ދައުރު އެމަނިކުފާނު ހަނދާން އާކުރެއްވިއެވެ.
"ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިންގެ ތަނަވަސްކަމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، 2008 ގެ ގާނޫނުއަސާސީގެ ސަބަބުން ގައުމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އެއަށް އަމަލުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވުމާއެކު، މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ތަނަވަސްކަމާއި ފާގަތިކަމަށްޓަކައި ގައުމުގެ މިސްރާބު އަނެއްކާވެސް ބޮޑު ބަދަލަކަށް އަނބުރާލަން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ފަތިހު ވަނީ ފަށާފައެވެ. އެގޮތުން ޕާޓީގެ މައި ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއްގައި، އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

The MDP’s expectation was to bring a system that separates powers and makes the government accountable. The 2008 Constitution failed to deliver that outcome. An elected President can easily bribe and influence the electorate to secure a super-majority in Parliament. That allows…
— Mohamed Nasheed (@MohamedNasheed) June 26, 2026
"ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހިންގެ ތަނަވަސްކަމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، 2008 ގެ ގާނޫނުއަސާސީގެ ސަބަބުން ގައުމަށް ގިނަގުނަ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް، އެއަށް އަމަލުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވުމާއެކު، މިހާރުގެ ހާލަތަށް ބަލާއިރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ތަނަވަސްކަމާއި ފާގަތިކަމަށްޓަކައި ގައުމުގެ މިސްރާބު އަނެއްކާވެސް ބޮޑު ބަދަލަކަށް އަނބުރާލަން ޖެހިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް މިއަދު ފަތިހު ވަނީ ފަށާފައެވެ. އެގޮތުން ޕާޓީގެ މައި ހަރުގޭގައި ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއްގައި، އެމްޑީޕީގެ ލީޑަރޝިޕްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

USA
IRQ
FRA
ކިޔުންތެރިންގެ ހިޔާލު