މާލޭގައި ހަދަމުންދިޔަ އިމާރާތަކުން ދެ ބިދޭސީއަކު ވެއްޓި އަނިޔާތަކެއް ވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މަޖީދީމަގު ޗެކްމާކްސް ކައިރީގައި ހުންނަ ގޯޅިއެއްގައި އިމާރާތް ކުރަމުންދިޔަ ސައިޓެއްގައެވެ.
ރަސް އަށް ލިބިފައިވާ އިން ފޮޓޯއަކުން ފެންނަ ގޮތުގައި، އިމާރާތުގެ ބޭރުގައި ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ދަމާފައި ހުރި ރަތް، ހުދު އަދި ނޫކުލައިގެ ސަތަރިތައް ހުރި ދިމާލުން ދެ މީހުން ވެއްޓުމާ ގުޅިގެން އެ ސަރަހައްދަށް ވަނީ ގިނަ އަދަދެއްގެ އާންމުން އެއްވެފައެވެ.މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، އިމާރާތުން ވެއްޓުނު އެކަކު ހޮސްޕިޓަލަށް ގެންގޮސްފަައިވާއިރު އޭނާ އަށް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ.
ރަސް އަށް ލިބިފައިވާ ފޮޓޯ އިން ފެންނަގޮތުން އިމާރާތުން ވެއްޓުނު އެކަކު ދުވާރުމަތީގައި، ފިހާރައެއްގެ ބޭރުގައި އިށީނދެގެން އިންއިރު އޭނާއަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އަދި އެ ސައިޓުގައި މަސައްކަތްކުރާ ސޭފްޓީ ހެލްމެޓް އެޅި މުވައްޒަފުންނާއި އާންމުން ދިޔައީ އަނިޔާވި މީހާއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މަޖީދީމަގުގައި ހުންނަ އިމާރާތަކުން ދެ މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު ލިބިފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 22 އަހަރުގެ ނޭޕާލް ފިރިހެނަކާއި 39 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ.
އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި އިމަޖެންސީގައި ފަރުވާ ދެމުން އަންނަކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު