ވެނެޒުއޭލާއަށް ޖެހިޖެހިގެން އައި ނުރައްކާތެރި ދެ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވަނިކޮށް، ވެއްޓިފައިވާ އިމާރާތެއްގެ ކުނިބުނިތަކުގެ އަޑިން އަލަށް އުފަންވި ތުއްތު ކުއްޖަކު ސަލާމަތްކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ގައުމުގެ ލާ ގުއައިރާ ސިޓީގައި ހަރަކާތްތެރިވި ރެސްކިއު ޓީމުން އެ ކުއްޖާ ސަލާމަތްކޮށް، ކުނިބުނިތަކުގެ ތެރެއިން ނެެރެގެން ގެނެސް ހަވާލުކުރަނީ އެ ކުއްޖާގެ ބައްޕަ ކަމަށް ބެލެވޭ ފިރިހެނަކާއެވެ. އޭއެފްޕީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ތުއްތު ކުއްޖާ ސަލާމަތްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ކުއްޖާގެ މަންމަވެސް ވަނީ ދިރިހުއްޓާ ސަލާމަތްކޮށްފައެވެ.
ޖެހިޖެހިގެން އައި މި ބިންހެލުންތަކުގައި ވެނެޒުއޭލާއިން މިހާތަނަށް މަދުވެގެން 920 މީހުން މަރުވެ، 3،360 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ގެއްލުންވީ ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރުމުގެ ބޮޑު އޮޕަރޭޝަނެއް އަދިވެސް ދަނީ ހުއްޓުމެއް ނެތް ގޮތެއްގައި ކުރިއަށެވެ.

BEL
ENG
GHA
ކިޔުންތެރިންގެ ހިޔާލު