ސްރީ ލަންކާގެ މޫސުމާ ބެހޭ އިދާރާއިން ވަނީ އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ގަދަ ވަޔާއެކު އަމްބާ އެލާޓް އެއް ނެރެފައެވެ.
މި އެލާޓް ދެމިއޮންނާނީ މާދަމާ ހެނދުނު 11:00 އާ ހަމައަށެވެ. މިއަދު ހެނދުނު 11:00 ގައި ނެރުނު މި އިންޒާރުގައި ބުނެފައިވާ ގޮތުން، މަރުކަޒީ، އުތުރު، އުތުރު މެދު ރާއްޖެތެރޭ އަދި ހުޅަނގު އުތުރުގެ ޕްރޮވިންސްތަކަށް ގަޑިއަކު 40 އާއި 50 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
މީގެ އިތުރުން، ރަތްނަޕޫރާ، ހަމްބަންޓޮޓާ އަދި ޓްރިންކޮމަލީ ޑިސްޓްރިކްޓްތަކަށް ވެސް މި އެލާޓްގެ އަސަރު ކުރާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެ އިދާރާއިން ބުނީ، މިހާރު ކުރިއަށްދާ ހުޅަނގު މޫސުމުގެ ގަދަ ވަޔާއެކު މޫސުން ގޯސްވާނެ ކަމަށެވެ.
މިގޮތަށް ލަފާކުރެވޭތީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު