ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ކައިރި ކަނޑުމަތިން ދެ ލޯންޗެއް މުޑިއަރައި ނުރައްކާތެރި އެކްސިޑެންޓެއް ރޭ ހިނގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 23:08 އެހާކަންހާއިރު ކަމަށެވެ. އެކްސިޑެންޓްވި ދެ ލޯންޗުގެ ތެރެއިން އެއް ލޯންޗުގައި 6 މީހުން ތިބިއިރު، އަނެއް ލޯންޗުގައި 16 މީހުން ދަތުރުކުރަމުންދިޔަ ކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން ދެ ލޯންޗުން ޖުމްލަ 22 މީހުން ދަތުރުކުރަމުންދިޔައެވެ.

މި އެކްސިޑެންޓްގައި އެއް ލޯންޗުގެ ފަޅުވެރިއެއްގެ ބުމަމަތި ފަޅައިގެން ގޮސް އަނިޔާވެފައިވާ ކަމަށާއި، ނަމަވެސް އިތުރު އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު