މި ސަރުކާރުން ގާނޫނާ ހިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން، ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ދެއްވައިފި އެވެ.
ޝުޖާއު މިފަދައިން ވިދާޅުވީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން، އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލާގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.
އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލޭނެ ގޮތްތަކާއި އެކަމާ ގުޅޭ އިޖުރާއަތްތައް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެމްޑީޕީގެ މެމްބަރަކަށް ވީތީ ސިޔާސީ ފިޔަވަޅު އަޅަމުންދާ ކަމަށް ތުހުމަތުކޮށް ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަމަވެސް ޝުޖާއު ވިދާޅުވީ ޝާހިދު ފާޑުވިދާޅުވުމުގެ ކުރިން ގާނޫނީ ހަމަތަކާއި، ކައުންސިލަރު ޕާޓީ ބަދަލުކުރެއްވި ތާރީހާއި، ޑިމޮކްރެޓްސް އުވާލި ތާރީހު އަދި ކައުންސިލަރު ހުވާކުރެއްވި ތާރީހުތައް ރަނގަޅަށް ދިރާސާކުރެއްވުން މުހިންމު ކަމަށެވެ. އަދި ހަމައެކަނި ޕޯސްޓުތަކެއް ކުރުމުގެ ބަދަލުގައި، މި މައްސަލާގައި ގޮތެއް ނުނިމޭނަމަ ކޯޓަށް ވަޑައިގެން މައްސަލަ ސާފުކުރުމަށް ޝާހިދަށް ޝުޖާއު ގޮވާލެއްވި އެވެ.
މި ސަރުކާރުން ގާނޫނުގެ ތަރަހައިގެ ތެރެއިން ނޫން ކަމެއް ނުކުރާނެކަން ތަކުރާރުކުރައްވަމުން ޝުޖާއު ވިދާޅުވީ، ކަންކަން އެނގިތިބެ ސަރުކާރަށް ފާޑުކިއުން އާދައަކަށް ހަދައިފިނަމަ ގައުމަށް ސިޔާސީ ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

މިއީ ސިޔާސީ ޕީޯސްޓެއް.MDP ގެ ރައީސް މިޕޯސްޓް ކުރެއްވުމުގެ ކުރިން ޤާނޫނުގައި މިކަން އޮންނަގޮތް ބައްލަވާލެއްވުން ރަގަޅު ކަމުގައި ދެކެން.ވ.ތިނަދޫ ކައުންސިލްގެ ރައީސް MDP އަށް ވަޑައިގެންނެވި ތާރީޚާއި ޑިމޮކްރެޓްސް އުވާލެއްވި ތާރީޚާއި ކައުންސިލަރ ހުވާކުރެއްވި ތާރީޚް ރަގަޅަށް… https://t.co/vCxfyI37sc
— Ibrahim Shujau (@IbrahimShujaau) July 5, 2026
އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލޭނެ ގޮތްތަކާއި އެކަމާ ގުޅޭ އިޖުރާއަތްތައް ގާނޫނުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށް އެމްޑީޕީގެ މެމްބަރަކަށް ވީތީ ސިޔާސީ ފިޔަވަޅު އަޅަމުންދާ ކަމަށް ތުހުމަތުކޮށް ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނަމަވެސް ޝުޖާއު ވިދާޅުވީ ޝާހިދު ފާޑުވިދާޅުވުމުގެ ކުރިން ގާނޫނީ ހަމަތަކާއި، ކައުންސިލަރު ޕާޓީ ބަދަލުކުރެއްވި ތާރީހާއި، ޑިމޮކްރެޓްސް އުވާލި ތާރީހު އަދި ކައުންސިލަރު ހުވާކުރެއްވި ތާރީހުތައް ރަނގަޅަށް ދިރާސާކުރެއްވުން މުހިންމު ކަމަށެވެ. އަދި ހަމައެކަނި ޕޯސްޓުތަކެއް ކުރުމުގެ ބަދަލުގައި، މި މައްސަލާގައި ގޮތެއް ނުނިމޭނަމަ ކޯޓަށް ވަޑައިގެން މައްސަލަ ސާފުކުރުމަށް ޝާހިދަށް ޝުޖާއު ގޮވާލެއްވި އެވެ.
މި ސަރުކާރުން ގާނޫނުގެ ތަރަހައިގެ ތެރެއިން ނޫން ކަމެއް ނުކުރާނެކަން ތަކުރާރުކުރައްވަމުން ޝުޖާއު ވިދާޅުވީ، ކަންކަން އެނގިތިބެ ސަރުކާރަށް ފާޑުކިއުން އާދައަކަށް ހަދައިފިނަމަ ގައުމަށް ސިޔާސީ ހަމަޖެހުމެއް ނާންނާނެ ކަމަށެވެ.

FRA
NOR
ENG
ކިޔުންތެރިންގެ ހިޔާލު