ލުބުނާނުގެ ބޮޑުވަޒީރު ސާދު އަލްޙަރީރީ
ލުބުނާނުގެ ބޮޑުވަޒީރު ސާދު އަލްޙަރީރީ
ލުބުނާނުގެ އައު ބޮޑުވަޒީރުކަމަށް އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ސާދު އަލްހަރީރީ އައްޔަންކުރަން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

ލުބުނާންގެ ބޮޑުވަޒީރުގެ މަޤާމަށް ސާދް އަލްހަރީރީ އައްޔަންކުރަން ނިންމާފައިވާއިރު، އޭނާ ވަނީ މީގެކުރިން 3 ފަހަރެއްގެ މަތިން އެޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމު ފުރުއްވާފައެވެ. މީގެ އަހަރެއްހާ ދުވަސްކުރިން އެންމެ ފަހުން ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވުމަށްފަހު އިސްތިއުފާދެއްވީ އާއްމުން މުޒާހަރާކުރުމުންނެވެ.

ބޮޑުވަޒީރުގެ މަޤާމަށް އަލުން ހަރީރީ އައްޔަނުކުރުމަށް ލުބުނާނުގެ ޤާނޫނު ހަދާ މަޖިލީހުގެ 65 މެންބަރުންގެ ވޯޓުވަނީ ލިބިވަޑައިގެންފައެވެ. އޭނާއާ ދެކޮޅަށް ވޯޓް ދެއްވީ 53 މެމްބަރުންނެވެ. އޭނާއަށް ތާޢީދުކުރި ޕާޓީތަކުގެ ތެރޭގައި އޭނާގެ އަމިއްލަ ޕާޓީ، ފިއުޗާ މޫވްމަންޓާއި، ޝީޢީ ޢާމަލް މޫވްމަންޓާއި ދުރޫސް ޕްރޮގުރެސިވް ސޯޝަލިސްޓު ޕާޓީގެ އިތުރުން ސީރިއަން ސޯޝަލިސްޓު ނޭޝަނަލިސްޓު ޕާޓީ ހިމެނެއެވެ.

އޭނާއާ ދެކޮޅަށް ވޯޓުދިން ޕާޓީތަކުގެ ތެރޭގައި ލެބަނީސް ޕޯސަސްއާއި ފްރީ ޕެޓްރިއޮޓިކް މޫވްމަންޓް ހިމެނެއެވެ.

ޤައުމާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ހަރީރީ ވިދާޅުވީ ވަކި ކޮޅަކަށް ބުރަނުވާ މާހިރުން ހިމަނައިގެން ޤައުމަށް އިޤްތިޞާދީ އަދި ސިޔާސީ އިސްލާހުތައް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން