ޑޮލަރުގެ އަގު 20 ރުފިޔާ 75 ލާރިއަށް އުފުލި، މުޅި އިގްތިސާދަށާއި އާންމު ރައްޔިތުންނަށް އޭގެ ދަތިކަން އިންތިހާއަށް ފޯރަމުންދަނީ ސަރުކާރުގެ ސިޔާސަތުތައް ފެއިލްވުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އަމީތު މިހެން ވިދާޅުވީ ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައި އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ޖަޒްބާތީ ބޮޑެތި ބައެއް ނިންމުންތަކުގެ ނަތީޖާ މިއަދު ގައުމުން ދަނީ ތަހައްމަލް ކުރަމުން ކަމަށެވެ. އެގޮތުން ގައުމީ އުފެއްދުންތެރިކަމާ އެއްވެސް ގުޅުމެއް ނެތް ކަންކަމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވާކަން އަމީތު ފާހަގަކުރެއްވިއެވެ.
"އަގުބޮޑު ޑްރޯންއާއި އަސްކަރީ މަނަވަރުތަކާއި އަދި އެނޫނަސް، ގައުމީ އުފެއްދުންތެރިކަމާއި ގުޅުން ނެތް ބޮޑެތި ޚަރަދުތަކުގެ ނަތީޖާއިން ސަރުކާރަށް މިއަދު މި ވަދެވުނީ ކަށިކުނބުރު ޖަންގަޔަކަށް،" އަމީތު ވިދާޅުވިއެވެ.
އިގްތިސާދީ މައްސަލަތަކަށް އިގްތިސާދީ ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއްކަން ހަނދާންކޮށްދެއްވަމުން އަމީތު ވިދާޅުވީ، މިއީ ކުރީގެ ސަރުކާރުތަކާއި ކުރީގެ ވެރިންގެ ބޮލަށް ކަންކަން ކަނޑާލައިގެން، އެއީ ހުއްޖަތެއް ކަމަށް ދެކި ދެއަތް އުރާލައިގެން ތިބެވޭ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް ކަމަށެވެ.
މީގެއިތުރުން، އެއްވެސް ގައުމެއް ބަނގުރޫޓުވެގެން ދަނީ އޮންނަ ސަރުކާރަކުން އެކަން ރަސްމީކޮށް އިއުލާން ކޮށްގެން ނުވަތަ ވެރިމީހާ ހަވަރަށް ދޭ ހިސާބުން ނޫންކަން އަމީތު ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ގައުމުގެ މިއަދުގެ ހާލަތުން މާ ސާފުކޮށް އެނގެން އޮތް ހަގީގަތަކީ، ދިވެހިރާއްޖެ ބަނގުރޫޓުވަމުންދާ ކަން ކަމަށާއި، ކަނުބަނދެވި ތިބެ ގައުމު މިދަނީ ފުން އަދަވަޅަކާ ދިމާލަށް މިސްރާބު ޖަހަމުން ކަމަށް ވިދާޅުވެ އަމީތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

20 ރުފިޔާ 75 ލާރިއަށް ޑޮލަރުގެ އަގު އުފުލި، މުޅި އިގްތިސާދަށާއި އާންމު ރައްޔިތުން އޭގެ ދަތިކަން ތަހައްމަލް ކުރާންޖެހިގެން މިއުޅެނީ ސިޔާސަތު ފެއިލް ވެގެން.
— Mohamed Ameeth (@MohamedAmeeth) July 6, 2026
މިސަރުކާރު ވެރިކަމަށް އައުމާއެކު، ރައީސް މުއިއްޒު ނިންމެވި ޖަޒްބާތީ ބޮޑެތި ބައެއް ނިންމުންތަކުގެ ނަތީޖާ މިއަދު ގައުމު މިދަނީ…
"އަގުބޮޑު ޑްރޯންއާއި އަސްކަރީ މަނަވަރުތަކާއި އަދި އެނޫނަސް، ގައުމީ އުފެއްދުންތެރިކަމާއި ގުޅުން ނެތް ބޮޑެތި ޚަރަދުތަކުގެ ނަތީޖާއިން ސަރުކާރަށް މިއަދު މި ވަދެވުނީ ކަށިކުނބުރު ޖަންގަޔަކަށް،" އަމީތު ވިދާޅުވިއެވެ.
އިގްތިސާދީ މައްސަލަތަކަށް އިގްތިސާދީ ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ ބޮޑު ޒިންމާއެއްކަން ހަނދާންކޮށްދެއްވަމުން އަމީތު ވިދާޅުވީ، މިއީ ކުރީގެ ސަރުކާރުތަކާއި ކުރީގެ ވެރިންގެ ބޮލަށް ކަންކަން ކަނޑާލައިގެން، އެއީ ހުއްޖަތެއް ކަމަށް ދެކި ދެއަތް އުރާލައިގެން ތިބެވޭ ވަރަށްވުރެ މާ ސީރިއަސް މައްސަލައެއް ކަމަށެވެ.
މީގެއިތުރުން، އެއްވެސް ގައުމެއް ބަނގުރޫޓުވެގެން ދަނީ އޮންނަ ސަރުކާރަކުން އެކަން ރަސްމީކޮށް އިއުލާން ކޮށްގެން ނުވަތަ ވެރިމީހާ ހަވަރަށް ދޭ ހިސާބުން ނޫންކަން އަމީތު ޕޯސްޓުގައި ފާހަގަކުރެއްވިއެވެ. ގައުމުގެ މިއަދުގެ ހާލަތުން މާ ސާފުކޮށް އެނގެން އޮތް ހަގީގަތަކީ، ދިވެހިރާއްޖެ ބަނގުރޫޓުވަމުންދާ ކަން ކަމަށާއި، ކަނުބަނދެވި ތިބެ ގައުމު މިދަނީ ފުން އަދަވަޅަކާ ދިމާލަށް މިސްރާބު ޖަހަމުން ކަމަށް ވިދާޅުވެ އަމީތު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ESP
ކިޔުންތެރިންގެ ހިޔާލު