ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީ.
ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީ.
ތުރުކީއަށް ދަތުރުކުރުމަށް އެމެރިކާ ރައްޔިތުންނަށް ވިސާ ދިނުން ވަގުތީގޮތުން މެދުކަނޑާލައިފިކަމަށް ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ހާމަކޮށްފިއެވެ.

ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން މިއަދު ކޮށްފައިވާ އިއުލާނުގައި ވާގޮތުން، ތުރުކީގައި ދިރިއުޅޭ އެމެރިކާގެ ރައްޔިތުންނާ ދެކޮޅަށް ޓެރަރިސްޓު ހަމަލާތައް ދިނުމާއި އެމެރިކާގެ ރައްޔިތުން ރަހީނުކުރުމުގެ މައްސަލަތައް އިތުރުވުމާއި ގުޅިގެން، ތުރުކީ އިން އެމެރިކާގެ ރައްޔިތުންނަށް ވަގުތީގޮތުން ވިސާ ދިނުން މެދުކަނޑާލައިފިކަމަށް ހާމަކޮށްފައިވެއެވެ.

މިކަމާ ބެހޭގޮތުން ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީގެ ތަރުޖަމާނު ބުނެފައިވަނީ، ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފައި ވަނީ އެމެރިކާގެ ރައްޔިތުންނަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެގޮތުގައެވެ.

މީގެ ކުރިން 2017 ވަނަ އަހަރުވެސް، އެމެރިކާގެ ރައްޔިތުންނަށް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެގޮތުން، ތުރުކީގައި ހުންނަ އެމެރިކާގެ އެމްބަސީ އިން، ތުރުކީ އިން އެމެރިކާ އަށް ދެމުން އައި ވިސާ ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފައިވެއެވެ. އަދި އަލުން ވިސާ ދޫކުރެވެން ފެށީ 2 މަސް ދުވަސް ފަހުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން