ޓެކްސްގެ އާމްދަނީ އިތުރުވުމާއެކު 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ރާއްޖޭގެ މާލީ ހާލަތު ވަނީ ހަރުދަނާކަންމަތީ ކަން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މިގޮތުން، 2 ޖުލައި 2026 ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 22.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 އިންސައްތައިގެ ކުރިއެރުމެކެވެ.
ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން މިއަހަރު 17.3 ބިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
ވިޔަފާރީގެ ހަރަކާތްތައް އިތުރުވުމާއި ޓެކްސް ދެއްކުމުގެ ސުންގަޑިތަކާ ގުޅިގެން ކޯޕަރޭޓް އިންކަމް ޓެކްސްއިން 1.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީ.އެސް.ޓީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މީގެ ތެރޭގައި ހިމެނެނީ އާންމު ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 2.9 ބިލިއަން ރުފިޔާ އާއި ޓީ-ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 6.6 ބިލިއަން ރުފިޔާއެވެ.
އާމްދަނީ އިތުރުވި ނަމަވެސް، މި މުއްދަތުގައި ދައުލަތުގެ ޚަރަދުތައް ވަނީ 23.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ 19.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 21.7 އިންސައްތައިގެ އިތުރުވުމެކެވެ.
ޚަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު އިތުރުވުމާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާ ގުޅިގެން ސަބްސިޑީއަށް ކުރާ ޚަރަދު 1.4 ބިލިއަން ރުފިޔާއިން އިތުރުވުން ހިމެނެއެވެ.
ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތުގެ ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައިވާއިރު، ބަޖެޓުގެ އޯވަރޯލް ބެލެންސް ވަނީ 975.9 މިލިއަން ރުފިޔާއިން ޑެފިސިޓްވެފައެވެ.

MAR
BEL
ENG
ކިޔުންތެރިންގެ ހިޔާލު