މާލޭ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށްނެގި މައްސަލާގައި 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ 25 ޖޫން 2026 ގައެވެ. މި ހާދިސާ ހިނގާފައިވަނީ 15 މާރިޗު 2026 ދުވަހުގެ ރޭގަނޑު 21:02 އެހައިކަށްހައިއިރު، މ. ނަލަހިޔާ ރެސިޑެންސްގޭގެ އެޕާޓްމަންޓެއްގައެވެ. މި ވައްކަމުގައި އެ އެޕާޓްމަންޓުގައި ހުރި ދެ ތިޖޫރީއެއް ފަޅާލައި، ޖުމްލަ 3,992,000 (ތިން މިލިއަން ނުވަލައްކަ ނުވަދިހަ ދެހާސް) ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.
މި މައްސަލާގައި ދަޢުވާލިބޭ 5 މީހުންނަކީ, އަޙްމަދު ފާރިސް، މ. އޭސިޔާ، ޖަޒީލު މުޙައްމަދު، ހދ. ނޮޅިވަރަންފަރު، ޖަޒީލާމަންޒިލް، މުޙައްމަދު އަފްރާޙް، ސ. މީދޫ، މޫންލައިޓްވިލާ، އިސްމާޢީލް ޢާޞިފް، ރ. މަޑުއްވަރި، ދާރުލް އައްވަލް އަދި މުޙައްމަދު ނޫރު އަޙްމަދު، ޅ. ނައިފަރު، ކަސްތޫރިމާގެ އެވެ.
މި އެންމެންގެ މައްޗަށް ޤާނޫނުލްޢުޤޫބާތުގެ 211 ވަނަ މާއްދާގެ ދަށުން، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ދަޢުވާ ވަނީ އުފުލާފައެވެ. މި ކުށުގެ އަސާސީ އަދަބަކީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.
މީގެ އިތުރުން، އަޙްމަދު ފާރިސް، ޖަޒީލު މުޙައްމަދު އަދި މުޙައްމަދު ނޫރު އަޙްމަދުގެ މައްޗަށް އިތުރު ދެ ދަޢުވާއެއް ވަނީ އުފުލާފައެވެ. އެއީ އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދަޢުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ދަޢުވާއެވެ. މި ދެ ދަޢުވާ އުފުލާފައިވަނީ އެޕާޓްމަންޓުގެ ވެރިފަރާތުގެ ހުއްދަނެތި އެތަނަށް ވަދެ، ކޮޓަރިތަކުގެ ދޮރުތަކަށާއި ތިޖޫރީތަކަށް ގެއްލުންދީފައިވާތީއެވެ. މި ކޮންމެ ކުށަކަށް އަސާސީ އަދަބެއްގެ ގޮތުގައި 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޕީޖީ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލާގައި ދަޢުވާލިބޭ މީހުން އަތުން ވަގަށްނެގި ފައިސާ އަނބުރާ ހޯދައި، ބަދަލުލިބޭ ފަރާތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާނެއެވެ.

BEL
ENG
SUI
ކިޔުންތެރިންގެ ހިޔާލު