އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދަތުރުކުރައްވާ ރަސްމީ މަތިންދާބޯޓު، 'އެއާ ފޯސް ވަން' ގެ ސަލާމަތީ ކަންކަމާމެދު ސުވާލު އުފައްދައި ނިއު ޔޯކް ޓައިމްސްއިން ޝާއިޢުކުރި ރިޕޯޓަކާ ގުޅިގެން، އެ ނޫހުގެ ނޫސްވެރިންގެ ހެކިބަސް ނެގުމަށް އެމެރިކާގެ ފެޑެރަލް ގްރޭންޑް ޖޫރީއަކަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން ދައުލަތުގެ ސިއްރުތަކެއް ލީކުވި މައްސަލައެއް ތަޙުޤީޤު ކުރުމަށްޓަކައި މި އަންނަ ބުދަ ދުވަހު މެންހަޓަންގައި ހުންނަ ގްރޭންޑް ޖޫރީއަށް ހާޒިރުވެ، ހެކިބަސް ދިނުމަށް ނުވަތަ ހެކި ހުށަހެޅުމަށް ބައެއް ނޫސްވެރިންނަށް ފެޑެރަލް އެޖެންޓުން ވަނީ ޗިޓް ރައްދުކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ނިއު ޔޯކް ޓައިމްސްގެ ރިޕޯޓުގައި ބުނެފައިވަނީ، ޤަތަރުގެ ސަރުކާރުން ހަދިޔާކޮށްފައިވާ އެ މަތިންދާބޯޓަކީ އެކަށީގެންވާ ވަރަށް ރައްކާތެރި ބޯޓެއް ނޫންކަމަށެވެ. ޚާއްސަކޮށް، އާ ބޯޓުގައި މިސައިލް ޙަމަލާތަކުން ދިފާޢުވުމަށް ބޭނުންވާ ޒަމާނީ ޤާބިލުކަން ނެތްކަމުގެ ކަންބޮޑުވުން ސަލާމަތީ އޮފިޝަލުން ފާޅުކޮށްފައިވައިވާކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން، ތުރުކީވިލާތުގައި ބޭއްވި ނޭޓޯ ސަމިޓް ނިންމަވައިލެއްވުމަށްފަހު އެނބުރި އެމެރިކާއަށް ވަޑައިގެންނެވި މަގުމަތީގައި، ހަށިފާރަވެރިންގެ އިލްތިމާސަކަށް ރައީސް ޓްރަމްޕް ވަނީ ދަތުރުކުރެއްވި ބޯޓު ބަދަލުކުރައްވާފައެވެ. ނަމަވެސް ނަން ހާމަނުކުރާ މަސްދަރުތަކާ ޙަވާލާދީ ފެތުރި މި ޚަބަރުތައް ރައީސް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފައިވަނީ، ދައުލަތުގެ ސިއްރުތައް ލީކުވާ މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި ނޫސްވެރިންގެ ދަޢުރަށް ހުރަސްއެޅުމުގެ ބޭނުމުގައި މިފަދަ ތަޙުޤީޤެއް ކުރާކަމަށް ކުރެވޭ ތުހުމަތުތައް އެ ފަރާތުން ވަނީ ދޮގުކޮށްފައެވެ.
ނިއު ޔޯކް ޓައިމްސްގެ އިތުރުން ބީބީސީ ފަދަ ބައިނަލްއަޤުވާމީ މީޑިއާތަކުން ވެސް މި ކަންބޮޑުވުންތައް ގެނެސްދީފައިވާއިރު، އެމެރިކާ ސަރުކާރުން ވަނީ މި މަތިންދާބޯޓަކީ ސަލާމަތީ އަދި މުއާސަލާތީ ގޮތުން އެންމެ ޒަމާނީ ވަޞީލަތްތަކާއެކު ތައްޔާރުކޮށްފައިވާ، ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަގުހުރި އުޅަނދެއް ކަމަށް ބުނެ، ބޯޓުގެ ރައްކާތެރިކަން ކަށަވަރުކޮށްދީފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު