ދިވެހިރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ ތާށިކަމަކީ ސަރުކާރުން ކުރާ ބޭކާރު އިސްރާފުތަކާއި، މިވަގުތަށް ކޮންމެހެން ބޭނުންނުވާ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ހިތި ނަތީޖާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރޭ ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީން "ޑޮލަރެއް ނެތް" މި ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.
އަމީރު ފާހަގަކުރެއްވި ގޮތުގައި، ޓެކްސް ރޭޓްތައް ބޮޑުކޮށްގެންނާއި އެކި ގޮތްގޮތުން ދައުލަތަށް ލިބުނު ހުރިހާ ޑޮލަރެއްހެން ސަރުކާރުން ބޭނުންކުރަމުންދަނީ ބޭކާރު ކަންކަމަށެވެ. އެގޮތުން ސަރުކާރުގެ އިސްރާފަށް ޑޮލަރު ދިޔަގޮތުގެ މިސާލެއްގެ ގޮތުން ޑްރޯން ގަންނަން 85 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިވަގުތަށް ކޮންމެހެން ބޭނުންނުވާ ރަސްމާލެ މަޝްރޫއަށް ގާތްގަނޑަކަށް 230 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން 500 މިލިއަން ޑޮލަރުގެ ސުކޫކުގެ އިތުރުން، ސަރުކާރުގެ ބޭނުންތަކަށް އެތެރޭގެ ހުރިހާ ޑޮލަރެއް ހުސްކުރަމުންދާކަންވެސް ފާހަގަކުރެއްވިއެވެ.
"އާމްދަނީ އިތުރުކޮށްގެން، ޓެކްސް ރޭޓްތަކެއް ބޮޑުކޮށްގެން ލިބުނު ހުރިހާ ޑޮލަރެއްހެން ސަރުކާރުގެ ވޭސްޓޭޖަށާ ސަރުކާރުން ހިންގަން ނުޖެހޭ ބޮޑެތި ޕްރޮޖެކްޓްތަކަށް އަސްލު ބޭނުންކުރުމުގެ ނަތީޖާއަކަށް މި ވެގެން މި ދިޔައީ އަސްލު އަޅުގަނޑުމެންނަށް މިއަދު ބްލެކް މާކެޓްގެ ރޭޓް އިތުރުވެގެން ދިޔަތަން،" އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ބޭންކުތަކުގެ ތެރޭގައި ހުރި ޓްރެޜަރީ ސެކިއުރިޓީޒްގެ އަދަދު ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި 9.7 ބިލިއަން ރުފިޔާއިން 21 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާކަން އަމީރު ފާހަގަކުރެއްވިއެވެ. މިއީ ގާތްގަނޑަކަށް 11 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަމީރު ވިދާޅުވީ ސަރުކާރުން މިހާރު ގެންގުޅެނީ ވަރަށް ބޮޑަށް އެކްސްޕެންޝަނަރީ މަނިޓަރީ އަދި ފިސްކަލް ޕޮލިސީއެއް ކަމަށާއި، ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ހަރަދުތައް ކުޑަކޮށް، މަނިޓަރީ ޕޮލިސީ މެދުވެރިކޮށް ދައުރުވާ ފައިސާގެ އަދަދު މަދުކުރަން ޖެހޭ ކަމަށެވެ.
އެހެންނަމަވެސް، މަރުކަޒީ ބޭންކު (އެމް.އެމް.އޭ) ގެ މަނިޓަރީ ޕޮލިސީއާއި ސަރުކާރުގެ ފިސްކަލް ޕޮލިސީވެސް ހުރީ އެ މިސްރާބަށް ނޫންކަމަށް ވިދާޅުވެ، ކުރީގެ ފިނޭންސް މިނިސްޓަރު ވަނީ މިހާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު