ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ފައްޓަވައިގެން ކުރެއްވޭ އެއްވެސް ކަމެއް ނެތް ކަމަށާއި، އެހެން ފަރާތްތަކުން ކުރާ ކަންކަމުގެ ސިޔާސީ ކްރެޑިޓް ނެންގެވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑޭ) ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ކުރީގެ މެމްބަރު ވައްޑެ މިހެން ވިދާޅުވީ މިއަދު އެކްސް (ކުރީގެ ޓުވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ވައްޑޭ ވަނީ އެކި މުއައްސަސާތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ބައެއް މަޝްރޫޢުތަކާއި ޚިދުމަތްތައް ފާހަގަކުރައްވައި، އެއީ މި ސަރުކާރުން ކުރާ ކަންކަމުގެ ގޮތުގައި ދެއްކުމަށް އުޅޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން އުރީދޫގެ ޕޭޕަލް ޚިދުމަތާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަހައްޓާ އޭޓީއެމްތަކުގެ އިތުރުން، ދިރާގުން މާކުރިން ބަހައްޓާފައިވާ ބޫތުތަކުގެ ވާހަކަ ވައްޑެ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަމިއްލަ ބަޔަކު އިސްނަގައިގެން ކުރިއަށްގެންދާ އައްޑޫ-ޖިއްދާ ޗާޓަރު ފްލައިޓުތަކުގެ ކްރެޑިޓް ވެސް ރައީސް މުޢިއްޒު ނަންގަވަން އުޅުއްވާ ކަމަށް ވައްޑޭ ވިދާޅުވިއެވެ.
"އަމިއްލައަށް ފަށައިން ކުރެވޭ އެއްކަމެއް ނެތީމައި ވާގޮތް!" ވައްޑޭގެ ޕޯސްޓު ނިންމާލަމުން ވިދާޅުވެފައިވެއެވެ.
ވައްޑެ މިހެން ވިދާޅުވެފައިވާއިރު ކުންފުނިތަކުގެ މުވައްޒަފުންނާއި އަމިއްލަ ފަރާތްތަކުން ރާވައި، ބަޖެޓުކޮށްގެން ހިންގާ މަޝްރޫޢުތަކުގެ ސިޔާސީ ކްރެޑިޓް މި ސަރުކާރުން ނަގާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، ރައްޔިތުންނާއި ކުންފުނިތަކުގެ އަމިއްލަ ބުރަ މަސައްކަތް ބަލައިގަތުމުގެ ބަދަލުގައި، ސަރުކާރުން އިސްކަންދެނީ އެއީ ސަރުކާރުގެ އަމިއްލަ ކާމިޔާބީތަކެއްގެ ގޮތުގައި ދެއްކުމަށެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު