ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ހުރި ބާއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 27 މީހުން މަރުވެއްޖެއެވެ.
އަލިފާން ރޯވެފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ ޗަތުޗަކް ޑިސްޓްރިކްޓްގައި ހުންނަ މަގްބޫލު އެންޓަޓެއިންމަންޓް ވެނިއުއެއް ކަމަށްވާ "ރޮންގް ބިއަރ ނާ ލެޓް ޕްރާއޯ" ބާގައި ރޭ މެންދަމުގެ ވަގުތެއްގައެވެ. މި ހާދިސާގައި 9 ފިރިހެނުންނާއި 18 އަންހެނުން ހިމެނޭހެން 27 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މީގެ އިތުރުން ބައެއް މީހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
އެ ވަގުތު ޕާފޯމްކުރަން ހުރި މިއުޒީޝަނަކާ ހަވާލާދީ ތައިލެންޑްގެ ބޮޑުވަޒީރު އަނޫތިން ޗާންވީރަކުލް ވިދާޅުވީ، އަލިފާން ފުރަތަމަ ރޯވީ ތަނުގެ ކަޓް-އައުޓް ސްވިޗް (މެއިން ބޯޑު) ގައި ކަމަށެވެ. ކަޓް-އައުޓްގައި ރޯވުމާއެކު ބާރުގަދަ ގޮވުންތަކަކާއެކު މުޅި ސަރަހައްދަށް އަލިފާނާއި ދުން ވަރަށް އަވަހަށް ފެތުރިގެންދިޔައެވެ. އަލިފާނާއި ބޯ ދުމުން ސަލާމަތްވުމަށްޓަކައި ގިނަ ބަޔަކު ދުވީ އިމާރާތުގެ ފަހަތުގައި ހުރި ފާހާނާތަކަށެވެ. ނަމަވެސް، އެ ތަނުން ބޭރަށް ނިކުމެވޭނެ މަގެއް ނެތުމުން ތާށިވެ، މަރުވި ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ފާހާނާތަކުގެ ތެރެއިންނެވެ.
އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އަލިފާން ނިއްވާ މީހުންނަށް ބައިގަޑިއިރެއްހާ އިރު ނެގިއިރު، އޭރު މުޅި ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު