ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ހުއްޓި، ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވަނިކޮށް، އެ މަސައްކަތްތައް ކުރިއަށް ނުދާ ސަބަބަކީ ބޮޑުހިލަ ނުލިބުން ކަމަށް ވިދާޅުވެ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މަޖިލީހުގައި ބަހަނާ ދައްކަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ގިނަ ރަށްރަށުގެ މަޝްރޫއުތައް މިވަގުތު މަޑުޖެހިފައިވަނީ ހިލަ ލިބުމުގެ ދަތިކަމާ ހެދި ކަމަށެވެ. އަދި ބޮޑުހިލަ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެމްޓީސީސީން މި މަހުން ފެށިގެން ހިލަ ގެނައުމުގައި ފަސޭހަތަކެއް ހަމަޖެހޭނެ ކަމަށް ބުނެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"ހިލަ ލިބުނުހައި އަވަހަކަށް ވަރަށް ގިނަ މަޝްރޫއުތަކެއް ނިންމައިލެވޭ ހިސާބުގައި ހުރީ،" މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރެއްވީ، ރަށްރަށުގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުން ފަދަ މުހިންމު މަޝްރޫއުތައް އެއްކޮށް ހުއްޓިފައި އޮތުމުންނެވެ. ނަމަވެސް، މިނިސްޓަރުގެ ޖަވާބުތައް ހުރީ މަޝްރޫއުތައް ކުރިއަށް ނުދާ ސަބަބުތަކުގެ ޒިންމާއިން ރެކިވަޑައިގަންނަވާ ފަދަ ގޮތަކަށެވެ.
މަޝްރޫއުތައް ހުއްޓިފައިވާ މައްސަލާގައި މެންބަރުން ތަކުރާރުކޮށް ކުރެއްވި ސުވާލުތަކަށް ސީދާ އެދެވޭ ޖަވާބެއް ނުދެއްވައި، މިނިސްޓަރު ވިދާޅުވީ ހުރިހާ ރަށެއްގައި ވެސް މަސައްކަތްތައް "ކޮންމެވެސް ސިފައެއްގައި" ކުރިއަށްދާ ކަމަށެވެ. އެހެންނަމަވެސް، އަމަލީ މަސައްކަތް ފެންނަން ނެތްކަން ފާހަގަކޮށް މެންބަރުން ވަނީ ސަރުކާރުގެ އިހުލާސްތެރިކަމާ މެދު ސުވާލު އުފައްދާފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު