ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް އަމާޒުކޮށް ދިން ބެލިސްޓިކް މިސައިލްގެ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ސައުދީ އަރަބިއްޔާގެ ސިޔާދަތާއި އިސްތިގްލާލަށް އަރައިގަތުން ކަމަށާއި، މިއީ ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް ކުރިމަތިވި ނުރައްކަލެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ބަޔާނުގައި، ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ފުރިހަމަ އެއްބާރުލުމާއެކު އޮތްކަން ހާމަކޮށް، ސައުދީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ވަނީ ފާހަގަކޮށްފައެވެ.

އޭގެ އިތުރުން، ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، ހަމަނުޖެހުންތައް ހުއްޓުވައި، މަޝްވަރާގެ ރޫހުގައި މައްސަލަތަކަށް ހައްލު ހޯދުމުގެ މުހިންމުކަން ރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު