ސ. ހަންކެޑެގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، ދައުލަތުގެ އާ ކުންފުންޏެއް ކަމަށްވާ "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރު (ނަންބަރު 2026/12) އާ އެކު، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްގެންނެވެ.
މި ކޯޕަރޭޝަންގެ މައިގަނޑު މަގުސަދަކީ ހަންކެޑެ ސަރަހައްދު އިންޓަގްރޭޓެޑް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީކޮށް، އައްޑޫގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމެވެ. ހަމައެއާއެކު، ފަތުރުވެރިކަމުން ލިބޭ އިގްތިސާދީ ފައިދާތައް އައްޑޫގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ލިބޭނެ މަގުފަހިކޮށްދިނުމަކީ ވެސް މި ކުންފުނީގެ މުހިންމު ޒިންމާއެކެވެ.
މީގެ އިތުރުން، މި މަޝްރޫއުގައި އައްޑޫގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި، ސަރުކާރުން އެ ސަރަހައްދަށް ކަނޑައަޅާފައިވާ ތަރައްގީގެ ލަނދުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ ރޭވުންތައް ރާވައި ތަންފީޒު ކުރުމުގެ އެންމެހާ މަސައްކަތްތައް ކުރާނީ މި އާ ކޯޕަރޭޝަނުންނެވެ.

ARG

ކިޔުންތެރިންގެ ހިޔާލު