ދިގު މުއްދަތަކަށް ފަހު، މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމަށް ހިންގާ ފުރަތަމަ ބިޔަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރުގެ ކުރީކޮޅު ފެށޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، "ދަ ޕަލްސް" ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި އެޕިސޯޑްގެ މަޢުޟޫއަކަށް ކަނޑައަޅުއްވާފައި އޮތީ މާލޭގެ މަގުތައް ތަރައްޤީކުރުމެވެ. ޕޮޑްކާސްޓުގައި ޢާންމުންގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. އަދި "ވަން އޮންލައިން" ނޫހުގެ ފަރާތުން ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބުދެއްވިއެވެ.
މާލޭގެ މަގުތައް އެއްކޮށް ތަރައްޤީކުރުމުގެ މިފަދަ ބިޔަ މަޝްރޫޢެއް މީގެ ކުރިން ކުރިއަށްގެންގޮސްފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމުގެ ދައުރުގައި ކަމަށާއި، އެއަށް ފަހު، އެ މަގުތައް ބަލަހައްޓަންޖެހޭ ގޮތަށް ބެލެހެއްޓުމުގައި އިހުމާލުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މާލޭ މަގުތައް ޒަމާނީކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ފުރިހަމަވެގެންދާއިރު، ފެން ހިންދުމުގެ މައްސަލަ ޙައްލުކުރުމަށް ސްޓޯމްވޯޓަރ ޑްރައިނޭޖް ނިޒާމާއި، ޢިމާރާތްކުރުމަށް ބޭނުންކުރާ ޑީވޯޓަރިންގ ނިޒާމާއި، އަލިފާން ނިއްވަން ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް މަގުތަކާ އެކުލަވާލެވިގެންދާނޭކަމަށް ރައީސް ވިދާޅުވިއެވެ.
"ފަންޑިން ސެކިއުރޑް (ހަމަޖެހިފައި)، ޕްރޮޖެކްޓް ސެކިއުރޑް، މަސައްކަތް ޢަމަލީ މަރުޙަލާއަށް ގެންދިއުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް މިހާރު މިކުރަނީ. ދެން އިރާދަކުރެއްވިއްޔާ އެ މަރުޙަލާވެސް ނިމި، ޢަމަލީ މަސައްކަތް އިރާދަކުރެއްވިއްޔާ ހަމަ އުއްމީދު ކުރެވެނީ މިއަހަރު ނިމޭ ހިސާބު، ނޫނީ އަންނަ އަހަރު ކުރީކޮޅު ހަމަ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށް.ދެން ފެށިގެންދާއިރުގަ އެންމެ ބޮޑެތި ބައެއް މަގުތަކުގަ ޢަމަލީ މަސައްކަތް ފުރަތަމަ ފެށިގެން، ދެން ހަމަ ދެންހުރި ހުރިހާ މަގެއް މާލެއާއި ވިލިމާލޭގެ، އެ ހަދަމުންދާނެ." ރައީސް ވިދާޅުވިއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު