ފޯލަރިން ބަލޯގަންގެ ސަސްޕެންޝަން އުވާލުމާ ގުޅިގެން ފީފާގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވީ ނަމަވެސް، އެ އިދާރާގެ ރައީސްކަމުގެ އައު ދައުރަކަށް ޖިއާނީ އިންފަންޓީނޯ އިންތިޚާބު ކުރުމަށް 200 އަށްވުރެ ގިނަ ޤައުމުން ރަސްމީކޮށް ތާއީދު އިއުލާނުކޮށްފިއެވެ.
"ދަ ގާޑިއަން" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފީފާގެ މެންބަރު 211 އެސޯސިއޭޝަނުގެ ތެރެއިން އިންފަންޓީނޯއަށް ތާއީދުކޮށް ސިޓީ ފޮނުވާފައި ނުވަނީ ވަރަށް މަދު ޤައުމަކުންނެވެ. އެހެންކަމުން، އަންނަ މާރިޗު މަހު ބާއްވާ ފީފާ ކޮންގްރެސްގައި އޭނާ ބޮޑު އަޣުލަބިއްޔަތަކުން ހަތަރުވަނަ ދައުރަކަށް އިންތިޚާބުވާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. އިންފަންޓީނޯއަށް ތާއީދު ނުކުރާ ޤައުމުތަކުގެ ތެރޭގައި ޔޫރަޕްގެ ބައެއް ޤައުމުތައް ހިމެނޭއިރު، އޭގެ ތެރެއިން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ދެކޮޅުހަދަމުންދަނީ ޖަރުމަނުންނެވެ.
މި އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުން ނަން ހުށަހެޅުމުގެ ސުންގަޑިއަކީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހެވެ. އެ ތާރީޚުގެ ކުރިން، މިހާރު ދީފައިވާ ތާއީދު އަނބުރާ ގެންދިއުމުގެ ނުވަތަ އެހެން ކެންޑިޑޭޓަކަށް ތާއީދު ބަދަލުކުރުމުގެ ފުރުސަތު ކޮންމެ ޤައުމަކަށްވެސް އޮންނާނެއެވެ. ނަމަވެސް، މިހާތަނަށް އިންތިޚާބަށް ކުރިމަތިލާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ އިންފަންޓީނޯއެވެ. ބައެއް އެސޯސިއޭޝަންތަކުން ތުހުމަތުކުރާ ގޮތުގައި، އިންފަންޓީނޯއަށް ތާއީދު ހޯދުމަށް ފީފާގެ ތެރެއިން ނުފޫޒު ފޯރުވައި ބޮޑެތި ފިއްތުންތަކެއް ދަނީ ކުރިމަތިކުރަމުންނެވެ. މިއީ ފީފާގެ އަޚުލާޤީ މިންގަނޑުތަކާ ޚިލާފު އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
އެމެރިކާގެ ފޯވާޑް ބަލޯގަންއަށް ދެއްކި ރަތް ކާޑުގެ މައްސަލަ މުރާޖަޢާ ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފީފާއަށް ނުފޫޒު ފޯރުވި ކަމަށް އެއްބަސްވުމާ ގުޅިގެން ބޮޑެތި ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އެހެންނަމަވެސް، މި ފާޑުކިއުންތައް ބޮޑަށް އަމާޒުވަނީ ޔޫރަޕްގެ ޤައުމުތަކުންނެވެ. އިންތިޚާބު ކާމިޔާބު ކުރުމަށް އިންފަންޓީނޯ ހަމައެކަނި ޔޫރަޕްގެ ތާއީދަށް ބަރޯސާވާން ނުޖެހޭއިރު، ޔޫރަޕްގެ ގިނަ ޤައުމުތަކުންވެސް މިހާރު ވަނީ އޭނާއަށް ތާއީދު ދީފައެވެ. މީގެ ތެރޭގައި އިނގިރޭސި އެފްއޭވެސް ހިމެނެއެވެ.
އިންފަންޓީނޯއާ ވާދަކުރުމަށް ޔޫރަޕުން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރެވުނު ނަމަވެސް، ހުރިހާ ޤައުމަކުން އެއްބަސްވާނެ ފަދަ ވަރުގަދަ ނަމެއް އަދި ފެންމަތިވެފައެއް ނުވެއެވެ. ބަލޯގަންގެ މައްސަލައިގެ އިތުރުން، ސޯމާލިއާގެ ރެފްރީ އުމަރު އަރުތާން ވޯލްޑް ކަޕުން ބާކީކުރި މައްސަލައިގައި ޔޫއެފާ އިން ދަނީ ފީފާގެ ނިންމުންތަކާ ފާޅުގައި ދެކޮޅުހަދަމުންނެވެ. އެހެންނަމަވެސް، އިންތިޚާބުގައި އިންފަންޓީނޯއާ ވާދަކުރާނެ ކެންޑިޑޭޓަކު ނެރުމާ މެދު ޔޫއެފާގެ އިސްވެރިން އަދި ވަކި ގޮތެއް ނުނިންމައެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، 30 ނުވަތަ 40 ވޯޓު ލިބޭނެ ކެންޑިޑޭޓަކު ނެރެވުނަސް، ފީފާގެ ހިންގުމުގެ ނިޒާމާ މެދު ބަހުސް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
ފީފާގެ މެންބަރު ޤައުމުތަކުގެ މުހިންމު ބައްދަލުވުމެއް އަންނަ ހޮނިހިރު ދުވަހު އެމެރިކާގެ ނިއުޔޯކުގައި ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ. އިންފަންޓީނޯ ރިޔާސަތު ބަލަހައްޓަވާ މި ބައްދަލުވުމުގައި، ފަހުގެ މައްސަލަތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ވޯލްޑް ކަޕުން ލިބުނު އާމްދަނީއާއި، އެކި އެސޯސިއޭޝަންތަކަށް ބަހާނެ މާލީ އެހީތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކަމަށް ބެލެވެއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު