މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ބޮޑު މައްސަލައެއްގައި ކުޅުދުއްފުއްޓަށް އުފަން އަންހެނެއްގެ މައްޗަށް 50 އަހަރުގެ ޖަލު ހުކުމެއް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން އިއްވައިފިއެވެ.
މި މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ހަނިމާދޫ އެއާޕޯޓަށް ޖެއްސި ފްލައިޓަކުން އެ އަންހެން މީހާ ފައިބައިގެން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ފުލުހުންނަށް ޝައްކުކުރެވިގެން ވަނީ އޭނާ ހުއްޓުވައި ބަލައިފާސް ކޮށްފައެވެ. އެއާޕޯޓް ސަރަހައްދު ޕެޓްރޯލްކުރި ފުލުހުންނަށް އޭނާ ހިނގާފައި ދިޔައިރު ހާސްވެ ކަންބޮޑުވެފައި ހުރި ކަމަށާއި، އަވަސް އަވަހަށް ފަރާތް ފަރާތަށް ބަލަމުން ދިޔަކަން ފާހަގަކުރެވުނު ކަމަށް ހެކިން ވަނީ ބުނެފައެވެ.
ފުލުހުން އޭނާ ހުއްޓުވުމުން، އޭނާގެ އަންނައުނުގެ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެތި އަމިއްލައަށް ފުލުހުންނާ ހަވާލުކުރި ނަމަވެސް، ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ ދައުވާއަށް އިންކާރު ކޮށްފައެވެ.
އޭނާގެ ދިފާއުގައި ބުނެފައިވަނީ އޭނާގެ ހަށިގަނޑުން ނުވަތަ އަތުން މަސްތުވާތަކެތި ފެނިފައި ނުވާނެ ކަމަށާއި، މިކަމުގައި އޭނާއަށް މަޖުބޫރީ ހާލަތެއް އޮތް ކަމަށެވެ. އެހެންނަމަވެސް، އެއީ ކޮން މަޖުބޫރީ ހާލަތެއްކަން ޝަރީއަތަށް ސާފުކޮށްދީފައެއް ނުވެއެވެ. އަދި ދިފާއުގައި އެއްވެސް ހެއްކެއްވެސް ހުށަހަޅާފައެއް ނުވެއެވެ.
މި މައްސަލައިގައި ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް ހައްވާ އިބްރާހިމް އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އަންހެން މީހާ އަޅައިގެން ހުރި ބްރާގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަން އޭނާއަށް އެނގޭކަން އަމަލުތަކުން ސާބިތުވާ ކަމަށެވެ. އަދި އެފަދަ ތަނެއްގައި އެއްޗެއް ފޮރުވައިގެން ގެންދާނީ ނޭނގުމުގެ ތެރޭގައި ނޫން ކަމަށް ގަބޫލުކުރެވޭތީ، ކުށުގެ މައުނަވީ ރުކުމާއި މާއްދީ ރުކުން ފުރިހަމަވާ ކަމަށް ކޯޓުން ކަނޑައެޅިއެވެ.
މި މައްސަލައިގެ އަދަބެއްގެ ގޮތުން ކޯޓުން ހުކުމް ކުރީ:
ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއަށް: 25 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް.
ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާއަށް: 25 އަހަރުގެ ޖަލު ހުކުމަކާއި 100،000 ރުފިޔާގެ ޖޫރިމަނާއެއް.
މިއާއެކު، ދެ ދައުވާ އެއްކޮށް އެ އަންހެން މީހާގެ މައްޗަށް ވަނީ ޖުމްލަ 50 އަހަރުގެ ޖަލު ހުކުމެއް އައިސްފައެވެ.
މި ހުކުމް އެ އަންހެން މީހާގެ މައްޗަށް އިއްވާފައިވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާއާއި، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ ޝަރީއަތަށް ސާބިތުވުމާ ގުޅިގެންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު