ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނިންމާ ނިންމުންތަކުގެ ސަބަބުން ގައުމުގެ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާއިރު، ދިމާވާ ކޮންމެ ނާކާމިޔާބީއެއްގެ ޒިންމާ ކުރީގެ ސަރުކާރުގެ ބޮލުގައި އެޅުވުމުގެ އުސޫލު ހުއްޓާލުމަށް ސިޔާސީ މައިދާނުންނާއި އާންމު ރައްޔިތުންގެ ފަރާތުން ސަރުކާރަށް ގޮވާލައި، ފާޑުކިޔުންތައް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތީ ހުރިހާ ކަމަކަށް ހައްލު ހޯދައިދޭނެ ސާފު ޕްލޭނެއް އޮވެގެން ކަމަށް ތަކުރާރުކޮށް ވިދާޅުވުމަށްފަހު، މިއަދު ފެންނަނީ ސަރުކާރުގެ އިސްވެރިން ހުރިހާ ގޯސްތަކެއްގެ ދިފާއުގައި ކުރީ ސަރުކާރު ބަދުނާމުކުރާ މަންޒަރު ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ވިދާޅުވަނީ ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔަކިޔާ ތިއްބާ ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތު ގޯސްވަމުން މި ދަނީ ކަންބޮޑުވާންޖެހޭ ބާރުމިނުގައިކަމަށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުޢިއްޒު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ، ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި އެމަނިކުފާނުގެ އަތްޕުޅުގައި ހަރުދަނާ ޕްލޭންތަކެއް އެބަހުރި ކަމުގެ ވާހަކައެވެ.
ކުރީ ސަރުކާރުގެ އިހުމާލުތަކާއި ދަރަނީގެ ހާލަތު އެނގިވަޑައިގެން ހުރެ، އެ ހުރިހާ ކަމެއް ހައްލު ކުރެއްވޭނެ ކަމުގެ ޔަގީންކަން ދެއްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިހާރު ދިމާވާ ކޮންމެ މައްސަލައަކާ ގުޅިގެން "ކުރީ ސަރުކާރުން ކަންކަން ހަލާކުކޮށްފައި އޮތުމުން" ދިމާވި ކަމެއް ކަމަށް ބުނުން ވަނީ އާންމު ކަމަކަށް ވެފައެވެ.
މާލެ ސިޓީ ކައުންސިލް މެންބަރު ހައްޖަވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ކޮސް ވާހަކަ ނުދައްކަން ސަރުކާރުގެ މިނިސްޓަރުންނަށް ގޮވާލާފައެވެ.
މި ވެރިކަމަށް އަހަރެއްވާން ކައިރިވެފައިވާއިރުވެސް އަމިއްލަ ސިޔާސަތުތަކުން ނަތީޖާ ނެރެދިނުމުގެ ބަދަލުގައި، މާޒީގެ ވާހަކަ ދެއްކުމަކީ ގައުމު ހިންގުމުގައި އޮތް ނާގާބިލުކަން ހާމަވާ ކަމެކަށް ވާއިރު ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި ފަންތީގެ އިސްވެރިން މީޑިއާތަކަށް އަރައި ދައްކަވާ ވާހަކަތަކަށް ބަލާއިރު، މިހާރު އެ ބޭފުޅުންގެ ދިފާއަކީ ކުރީ ސަރުކާރެވެ.
މިކަމާ ގުޅިގެން ގިނަ ރައްޔިތުން ސިފަކުރަނީ ސަރުކާރުގެ ތަރުޖަމާނުންނާއި އިސްވެރިންގެ ވާހަކަތައް ހުރީ "ހުއްޓުމެއް ނެތް ބަދިވަރެއް" ފަދަ ބަހަނާ ތަކަކަށް ވެފައިވާ ކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަސް، ތަކެތީގެ އަގު ބާޒާރުގައި އިންތިހާއަށް އުފުލުނަސް، މަޝްރޫއުތައް ހުއްޓި ފައިސާ ނުލިބިގެން ކޮންޓްރެކްޓަރުން ޝަކުވާ ކުރިޔަސް، ސަރުކާރުގެ އިސްވެރިންގެ ފަރާތުން އިވެނީ ހަމައެކަނި ކުރީ ސަރުކާރުން ކަންކަން ޚަރާބުކޮށްފައިވާ ކަމުގެ ޝަކުވާއެވެ.
މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ޒިންމާއިން ރެކުމަށް ބޭނުންކުރާ ސިޔާސީ އުކުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އާންމު ރައްޔިތުން ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ގޮތުގައި، ވެރިކަމުގެ ބާރުތަކާ ހަވާލުވީ ގައުމުގެ ހުރިހާ މައްސަލައެއް ހައްލުކޮށްދޭނެ ކަމަށް ރައްޔިތުންނަށް ވައުދުވެގެންނެވެ.
އެހެންކަމުން، "ކުރީ ސަރުކާރުން ކަންކަން ކުރީ މިހެންނޭ" ބުނެ ކަރުންލޭ އޮހޮރުވައިގެން ވާހަކަ ދެއްކުމަކުން މިއަދުގެ ރައްޔިތުންގެ ޖީބަށް ވަންނަ ތަކުލީފުތަކާއި، ގައުމުގެ އިގްތިސާދީ މާޔޫސްކަމަށް އެއްވެސް ލުޔެއް ނުލިބޭނެއެވެ. ސަރުކާރުގެ އިސްވެރިން މިހާރު ދައްކަމުންދާ ބަހަނާތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
އެހެންކަމުން، ސަރުކާރަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީ ސަރުކާރުގެ ފަހަތުން ދުވުން ހުއްޓާލައި، ރައީސް މުޢިއްޒު ވިދާޅުވި "ހަރުދަނާ ޕްލޭން" ހާމަކޮށް، އަމަލީ މަސައްކަތުން ނަތީޖާ ދެއްކުމެވެ.
ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ބޭނުންނަމަ، ބަހަނާ ދެއްކުމުގެ ބަދަލުގައި، ގައުމީ ޒިންމާ ފުރިހަމައަށް އަދާކޮށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުންނެވެ.

ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔަކިޔާ ތިއްބާ ގައުމުގެ މާލީ އަދި އިގްތިސާދީ ހާލަތު ގޯސްވަމުން މި ދަނީ ކަންބޮޑުވާންޖެހޭ ބާރުމިނުގައި. ވެރިކަމަށް އައިސް، 3 އަހަރު ވެގެންދާއިރު ހައްލުވި ހަމަ އެންމެ ކަމެއްވެސް ނެތް!
— Ibrahim Ameer 🇵🇸 (@iameeru) July 15, 2026
އަވަހަށް އިސްލާހީ ފިޔަވަޅު ނާޅާފިނަމަ މި ދަނީ އަނދިރި ދުވަސްތަކަކާއި… https://t.co/HDGmRVboUm
ރިޔާސީ އިންތިޚާބުގެ ކެމްޕޭނު ތެރޭގައި ރައީސް މުޢިއްޒު އެންމެ ބޮޑަށް ދެއްކެވި އެއް ވާހަކަފުޅަކީ، ގައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި އެމަނިކުފާނުގެ އަތްޕުޅުގައި ހަރުދަނާ ޕްލޭންތަކެއް އެބަހުރި ކަމުގެ ވާހަކައެވެ.
ކުރީ ސަރުކާރުގެ އިހުމާލުތަކާއި ދަރަނީގެ ހާލަތު އެނގިވަޑައިގެން ހުރެ، އެ ހުރިހާ ކަމެއް ހައްލު ކުރެއްވޭނެ ކަމުގެ ޔަގީންކަން ދެއްވައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މިހާރު ދިމާވާ ކޮންމެ މައްސަލައަކާ ގުޅިގެން "ކުރީ ސަރުކާރުން ކަންކަން ހަލާކުކޮށްފައި އޮތުމުން" ދިމާވި ކަމެއް ކަމަށް ބުނުން ވަނީ އާންމު ކަމަކަށް ވެފައެވެ.
މާލެ ސިޓީ ކައުންސިލް މެންބަރު ހައްޖަވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެ ކޮސް ވާހަކަ ނުދައްކަން ސަރުކާރުގެ މިނިސްޓަރުންނަށް ގޮވާލާފައެވެ.
ކޮސް ވާހަކަ ނުދައްކާ ބަލަ..ކާކަ ކޯޗެއް އޮޅުވާލަން ތިއުޅެނީ..އަބަދުވެސް ކުރީ ސަރުކާރު..މިހާރު ތިޔަ ރޯހިތު ދައްކާ ވާހަކަ އަމިއްލަ ރަށު މީހުން ވެސް ޤަބޫލު ނުކުރާނެ https://t.co/TGmUOER2eU pic.twitter.com/4u5ZO4Vhnw
— khadeeja Mohamed (@HajjaUaan) July 13, 2026
މި ވެރިކަމަށް އަހަރެއްވާން ކައިރިވެފައިވާއިރުވެސް އަމިއްލަ ސިޔާސަތުތަކުން ނަތީޖާ ނެރެދިނުމުގެ ބަދަލުގައި، މާޒީގެ ވާހަކަ ދެއްކުމަކީ ގައުމު ހިންގުމުގައި އޮތް ނާގާބިލުކަން ހާމަވާ ކަމެކަށް ވާއިރު ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ އިތުރުން ސަރުކާރުގެ އެކި ފަންތީގެ އިސްވެރިން މީޑިއާތަކަށް އަރައި ދައްކަވާ ވާހަކަތަކަށް ބަލާއިރު، މިހާރު އެ ބޭފުޅުންގެ ދިފާއަކީ ކުރީ ސަރުކާރެވެ.
މިކަމާ ގުޅިގެން ގިނަ ރައްޔިތުން ސިފަކުރަނީ ސަރުކާރުގެ ތަރުޖަމާނުންނާއި އިސްވެރިންގެ ވާހަކަތައް ހުރީ "ހުއްޓުމެއް ނެތް ބަދިވަރެއް" ފަދަ ބަހަނާ ތަކަކަށް ވެފައިވާ ކަމަށެވެ.
ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަސް، ތަކެތީގެ އަގު ބާޒާރުގައި އިންތިހާއަށް އުފުލުނަސް، މަޝްރޫއުތައް ހުއްޓި ފައިސާ ނުލިބިގެން ކޮންޓްރެކްޓަރުން ޝަކުވާ ކުރިޔަސް، ސަރުކާރުގެ އިސްވެރިންގެ ފަރާތުން އިވެނީ ހަމައެކަނި ކުރީ ސަރުކާރުން ކަންކަން ޚަރާބުކޮށްފައިވާ ކަމުގެ ޝަކުވާއެވެ.
މިއީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ބަދަލުގައި، ޒިންމާއިން ރެކުމަށް ބޭނުންކުރާ ސިޔާސީ އުކުޅެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން، އިދިކޮޅު ސިޔާސީ ޕާޓީތަކުންނާއި އާންމު ރައްޔިތުން ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ގޮތުގައި، ވެރިކަމުގެ ބާރުތަކާ ހަވާލުވީ ގައުމުގެ ހުރިހާ މައްސަލައެއް ހައްލުކޮށްދޭނެ ކަމަށް ރައްޔިތުންނަށް ވައުދުވެގެންނެވެ.
އެހެންކަމުން، "ކުރީ ސަރުކާރުން ކަންކަން ކުރީ މިހެންނޭ" ބުނެ ކަރުންލޭ އޮހޮރުވައިގެން ވާހަކަ ދެއްކުމަކުން މިއަދުގެ ރައްޔިތުންގެ ޖީބަށް ވަންނަ ތަކުލީފުތަކާއި، ގައުމުގެ އިގްތިސާދީ މާޔޫސްކަމަށް އެއްވެސް ލުޔެއް ނުލިބޭނެއެވެ. ސަރުކާރުގެ އިސްވެރިން މިހާރު ދައްކަމުންދާ ބަހަނާތަކަކީ އެއްވެސް އަސާސެއް ނެތް، އަދި ރައްޔިތުން ބަލައިގަންނާނެ ވާހަކަތަކެއް ނޫން ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.
އެހެންކަމުން، ސަރުކާރަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުރީ ސަރުކާރުގެ ފަހަތުން ދުވުން ހުއްޓާލައި، ރައީސް މުޢިއްޒު ވިދާޅުވި "ހަރުދަނާ ޕްލޭން" ހާމަކޮށް، އަމަލީ މަސައްކަތުން ނަތީޖާ ދެއްކުމެވެ.
ރައްޔިތުންގެ އިތުބާރު ދަމަހައްޓަން ބޭނުންނަމަ، ބަހަނާ ދެއްކުމުގެ ބަދަލުގައި، ގައުމީ ޒިންމާ ފުރިހަމައަށް އަދާކޮށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް ގިނަ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު