ސިއްހީ ހާލަތު ދަށްވުމުގެ ސަބަބުން ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އުމުރުފުޅުން 76 އަހަރުގެ ޝަހާބުއްދީން އިސްތިއުފާ ދެއްވިކަން ރަސްމީކޮށް އަންގަވާފައިވަނީ އެގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މޭޖަރ (ރިޓަޔާޑް) ހާފިޒް އުއްދީން އަޙްމަދަށް ފޮނުއްވި ސިޓީފުޅެއްގައެވެ.
އިސްތިއުފާގެ ސިޓީގައި ރައީސް ޝަހާބުއްދީން ފާހަގަކުރައްވާފައިވާ ގޮތުގައި، އެމަނިކުފާނު ގެންދަވަނީ ހިތުގެ ބަލިތަކާއި، ހަކުރުބައްޔާއި، ކިޑްނީގެ މައްސަލަތަކުގެ އިތުރުން ނާރުގެ ބައްޔެއް ކަމަށްވާ "އޮޓޯނޮމިކް ނިއުރޯޕަތީ" ފަދަ ސީރިއަސް ސިއްހީ ތަހައްމަލުތަކެއް ކުރައްވަމުންނެވެ. މި ބަލިތަކުގެ ސަބަބުން ކުއްލި ގޮތަކަށް ހޭފުޅުނެތުމުގެ މައްސަލަ ދިމާވާކަމަށާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދައުލަތުގެ އެންމެ މަތީ މަސްއޫލިއްޔަތުތައް އުފުއްލެވުމަށް މިހާރު އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
2023 ވަނަ އަހަރުގެ އެޕްރީލް މަހު ރައީސްކަމުގެ ހުވާކުރެއްވި ޝަހާބުއްދީންއަކީ ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާގެ ސަރުކާރުގައި ފަސް އަހަރުގެ ދައުރަކަށް އިންތިޚާބުކުރެވުނު ބޭފުޅެކެވެ. 2024 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގި ވަރުގަދަ އިހުތިޖާޖުތަކާ ގުޅިގެން ހަސީނާގެ ސަރުކާރު އުވާލެވުނު ނަމަވެސް، ޤާނޫނީ ހަމަތަކުގެ މަތިން ދައުލަތް ހިންގުމުގައި ދެމިހުންނެވި އެންމެ އިސް އެއް ޝަޚްޞިއްޔަތަކީ އެމަނިކުފާނެވެ.
ބަންގްލަދޭޝްގެ ޤާނޫނުއަސާސީގެ 54 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އާ ރައީސަކު އިންތިޚާބުކުރެވެންދެން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން އަދާކުރައްވާނީ މަޖިލީހުގެ ރައީސް ހާފިޒް އުއްދީން އަޙްމަދެވެ. އަދި ޤާނޫނުއަސާސީގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ޤާނޫނުހަދާ މަޖިލީހުން އާ ރައީސަކު އިންތިޚާބުކުރަން ޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު