2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުރިއަށްދާ ކުޅިވަރާއި ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތައް އެންމެ ލަސްވެގެން ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވާ "ދަ ޕަލްސް" ޕޮޑްކާސްޓްގެ 5 ވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު މިއަދު ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޒުވާނުން ބާރުވެރިކުރުވުން ކަމަށާއި، ހަށިހެޔޮ އަދި ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރިއަށްދާ ކަމަށެވެ.
މިގޮތުން ކުރިއަށްދާ މުހިންމު މަޝްރޫޢުތަކުގެ ތަފްސީލު ރައީސް ވަނީ މި ޕްރޮގުރާމްގައި ހިއްސާކުރައްވާފައެވެ. ރައީސް ވަނީ، ރާޅުގަނޑު ސަރަހައްދުގައި ހެދޭ އިންޓަނޭޝަނަލް ސަރފިން ސްޓޭޑިއަމާއި، ހުޅުމާލޭގައި ތަރައްޤީކުރާ އިންޑޯ ބޯލިން އެރީނާގެ އިތުރުން ފުޓްސަލް، ނެޓްބޯލް، ރޭސިން، ޑްރިފްޓިން އަދި ގޯކާޓް އެރީނާ ފަދަ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން 15 ރަށެއްގައި 1200 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ބިނާކުރެވެމުންދާއިރު، މި މަޝްރޫޢުތައް ނިމިގެންދާއިރު ރާއްޖޭގެ ކޮންމެ ރަށެއްގައި ޒަމާނީ ފެންވަރުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ހުންނާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ޖިސްމާނީ ދުޅަހެޔޮކަމުގެ އިތުރުން ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޤްތިޞާދީ ކުރިއެރުމަށް ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވަމުން، ޒުވާން ވިޔަފާރިވެރިންނަށް ޚާއްޞަ ލޯން ސްކީމްތަކާއި ޕްރައިވެޓް ސެކްޓަރގައި ފުރުޞަތުތައް ފަހިކޮށްދެމުންދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖޭގެ ޖީޑީޕީގެ މަދުވެގެން 15 އިންސައްތައަކީ ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ހިއްސާކުރާ މިންވަރަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ވަޒީފާއާއި ވިޔަފާރީގެ ދާއިރާއިން ދިވެހި ޒުވާނުންނަށް އިސްކަންދީގެން ކުރިއަށްދާނެ މަގު ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު