ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު މަހީރާ މުހައްމަދު އެ މަގާމުން ވަކިކޮށްފިއެވެ.
މަހީރާ މަގާމުން ވަކިކުރިކަން މިހާރު ކަށަވަރުވެފައިވާއިރު، އޭނާ އެ މަގާމުން ވަކިކުރި ސީދާ ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް، ޓްރައިބިއުނަލްގެ ރަސްމީ ވެބްސައިޓުގައި ހިމެނޭ މެންބަރުންގެ މައުލޫމާތުތަކުގެ ތެރެއިން މަހީރާގެ ނަމާއި ތަފްސީލުތައް މިހާރު ވަނީ އުނިކޮށްފައެވެ.
ފާތިމަތު މަހީރާއަކީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އެ މުއައްސަސާގެ ނައިބު ރައީސްގެ ޒިންމާތައް އަދާކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ މަގާމުން ވަކިކުރައްވާފައި މިވަނީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމަށް އަމްޖަދު މުސްތަފާ އައްޔަންކުރެއްވުމާ ގުޅިގެން، އެ ތަނުގެ ހިންގުމުގެ އޮނިގަނޑަށް ބައެއް ބަދަލުތައް އަންނަން ފަށާފައިވާ ވަގުތެއްގައެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެ މަތިން، ޓްރައިބިއުނަލްގެ މެންބަރުން އައްޔަންކުރުމާއި، އެ މެންބަރުން މަގާމުން ވަކިކުރުމުގެ އިހުތިޔާރާއި ބާރު ގާނޫނީގޮތުން ލިބިދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު