ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ޗަމްޕާ މުޙައްމަދު މޫސާ އާއި ޗަމްޕާ ހަސަން އަފީފަށް މިއަދު އަރުވައިފި އެވެ.

މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން ޗަމްޕާ މުޙައްމަދު މޫސާ އާއި ޗަމްޕާ ހަސަން އަފީފަށް އެރުއްވީ ރައީސް މުޙައްމަދު މުޢިއްޒެވެ.

ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މީގެ ކުރިން އަރުވާފައިވާ ޗަމްޕާ ހުސައިން އަފީފަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހާއްސަކޮށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދެމެހެއްޓުމަށް އަދި ރާއްޖޭގެ އިޖްތިމާއީ ދާއިރާ ކުރެވުމަށާއި ތަރައްގީއަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

މީގެއިތުރުން ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް މީގެ ކުރިން އަރުވާފައިވާ މުހައްމަދު މޫސާއަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރުވަން މުހައްމަދު މުއިއްޒު ނިންމެވީ އެމަނިކުފާނަކީ ދިވެހި ރައްޔިތުންނަށާއި ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ހާއްސަކޮށް ދިވެހި ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި ދެމެހެއްޓުމަށް އަދި ރާއްޖޭގެ އިޖްތިމާއީ ދާއިރާ ކުރެވުމަށާއި ތަރައްގީއަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުންނެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކޮށްދެއްވި ބާނީންގެ ތެރޭގައި މއ. ޗަމްޕާވިލާ، ޗަމްޕާ ހުސައިން އަފީފް ހިމެނިވަޑައިގަންނަވައެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތެއްގައި ހިދުމަތްކުރައްވަމުން ގެންދަވާ މއ. ޗަމްޕާމާގެ، މުހައްމަދު މޫސާ (އުއްޗު) އަކީ އިޖުތިމާޢީ ދާއިރާ އިން ގިނަ ޚިދުމަތްތަކެއް ކުރައްވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު