މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާލޭ ކޮމާޝަލް ޕޯޓް ތިލަފުށްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢު ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމަވައި، އެއީ 100 އިންސައްތަ ދިވެހި ދައުލަތުގެ އިންވެސްޓްމަންޓަކަށް ހައްދަވާނެ ކަމަށް އިއުލާނު ކުރެއްވި ނަމަވެސް، މިއީ އިޤްތިޞާދީ އަދި ޓެކްނިކަލް ހަޤީޤަތްތަކާ ނުބައްދަލު ސިޔާސީ ވައުދެއްގެ ގޮތުގައި އިޤްތިޞާދީ މާހިރުންނާއި ވިޔަފާރިވެރިން ސިފަކުރަން ފަށައިފިއެވެ.
ދައުލަތުގެ މާލީ ހާލަތު ތަންނުދޭ ދަނޑިވަޅެއްގައި، ބޭރުގެ އެހީތެރިކަމާ ނުލައި މިފަދަ ބިޔަ މަޝްރޫޢެއް ހިންގޭނެ ސާފު މާލީ އަދި އޮޕަރޭޝަނަލް މަގުޗާޓެއް ނެތި، ސަރުކާރުން އަދިވެސް އުޅެނީ ޢަމަލީ މަސައްކަތާއި ބަނދަރުގެ ޚިދުމަތްތައް އަވަސްކުރާނެ ސަރީޙަ ތަފްސީލުތައް ހާމަނުކޮށް ސިއްރުކޮށްގެންނެވެ.
މަޝްރޫޢުގެ ޓެކްނިކަލް މާސްޓަރޕްލޭންގެ މަޢުލޫމާތުތަކަށް ބަލާއިރު، ތިލަފުށީގައި 80 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ މި ބަނދަރުގެ ކެޕިޓަލް އިންވެސްޓްމަންޓަށް އެކަނިވެސް 2.8 ބިލިއަން އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 43 ބިލިއަން ދިވެހި ރުފިޔާ) ހޭދަވާނެއެވެ. އޭގެ ތެރޭގައި ފަސްގަނޑު ހިއްކުމަށް 500 މިލިއަން ޑޮލަރު ބްރޭކްވޯޓަރއަށް 300 މިލިއަން ޑޮލަރު، ފުންކުރުމަށް 250 މިލިއަން ޑޮލަރު، އަދި ކީ ވޯލް ބިނާކުރުމަށް 700 މިލިއަން ޑޮލަރު ހޭދަވާއިރު، ކޮންޓޭނަރު ޔާޑާއި ވެއަރހައުސްތަކަށް 630 މިލިއަން ޑޮލަރު އަދި ޝިޕް-ޓޫ-ޝޯ ކްރޭންތަކަށް 180 މިލިއަން ޑޮލަރު ބޭނުންވެއެވެ.
މިއަދު ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެ މާލީ ނުވަސްތެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި، ބޭރުގެ އިންވެސްޓްމަންޓެއް ނުވަތަ ފައިނޭންސިންގއެއް ނުހޯދައި 100 އިންސައްތަ ދައުލަތުގެ ބަޖެޓުން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާ ބޮޑު މާލީ ބާރެއް ނެރެވޭނެ ގޮތެއް ސަރުކާރަށް ބުނެދެވިފައެއް ނުވެއެވެ.
ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މާލޭ ބަނދަރުގައި ބޯޓުފަހަރު ކިއުގައާއި ނޯޓްކޮށް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަންޖެހުމުގެ ސަބަބުން ޝިޕިންގ ލައިންގ ތަކަށް ޑެމޮރޭޖް ޗާޖުގެ ގޮތުގައި ލިބޭ ބޮޑެތި މާލީ ގެއްލުންތަކަށް ހައްލެއް ލިބޭނެ ކޮންކުރީޓް ސުންގަޑިއެއް ސަރުކާރުން ހާމަކޮށްފައި ނުވުމެވެ.
ޓެކްނިކަލް ރިޕޯޓުގައި 1,600 އާއި 2,000 މީޓަރުގެ ކުއޭ ލެންގްތަކާއެކު ކޮންޓޭނަރު ބާތް އަދި 16 އާއި 18 މީޓަރުގެ ފުންމިނުގެ ފެސިލިޓީއެއް ޤާއިމުކުރަން ހިމަނާފައިވީ ނަމަވެސް، މި ބަނދަރުގެ އޮޕަރޭޝަން އަވަސްކުރުމަށް 10 ޝިޕް-ޓޫ-ޝޯ ކްރޭން، 32 އާރްޓީޖީ ކްރޭން، 12 ރީޗް ސްޓެކަރ އަދި 60 ޓަރމިނަލް ޓްރެކްޓަރ ފަދަ ބަރު އަދި ޒަމާނީ އާލާތްތައް ހޯދައި އިންސްޓޯލްކުރާނެ ގޮތުގެ މަގުޗާޓެއް ނެތެވެ.
މައުލޫމާތު ލިބޭ ގޮތުގައި އަވައްޓެރި ލަންކާގައި މިހާރުވެސް 2000 ނުވަތަ 3000 ކޮންޓައިނަރު ރާއްޖެ ނުގެނެވި ކިއުގައި 3 ހަފްތާވެއެވެ. މީގެ ސަބަބުން ކާބޯތަކެތި ހަލާކުވެ ވިޔަފާރިވެރިނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.
ސަރަޙައްދީ އަވައްޓެރި ބަނދަރުތަކުގެ ސްޕީޑާ އެއް ހަމައެއްގައި މުދާ އަރުވައި ބޭލުމުގެ ޚިދުމަތް ދިނުމަށް ހަމައެކަނި ބަނދަރުގެ ފަސްގަނޑު އެހެން ރަށަކަށް ބަދަލުކޮށްލުމަކުން ނުނިމޭނެއެވެ.
އޭގެ އިތުރުން، މި ފެންވަރުގެ ބަނދަރެއް ހިންގުމަށް އެކަނިވެސް އަހަރަކު 300 މިލިއަން އެމެރިކާ ޑޮލަރުގެ އޮޕަރޭޝަނަލް ޚަރަދު (އޭގެ ތެރޭގައި މުސާރައަށް 65 މިލިއަން، މަރާމާތަށް 55 މިލިއަން، އަދި ކަރަންޓަށް 40 މިލިއަން ޑޮލަރު) ހިނގާނެ ކަމަށް އަންދާސާކޮށްފައިވެއެވެ.
މި އިންވެސްޓްމަންޓުން ދެމެހެއްޓެނިވި ފައިދާއެއް ނެރުމަށްޓަކައި އަހަރަކު 800,000 އާއި 1.3 މިލިއަން ކޮންޓޭނަރުގެ މުދާ ހެންޑްލްކޮށް، އަހަރަކު 625 މިލިއަން ޑޮލަރުގެ އާމްދަނީއެއް (ކޮންޓޭނަރު ހެންޑްލިންގ އިން 250 މިލިއަން އަދި ބަންކަރިންގ އިން 110 މިލިއަން ޑޮލަރު) ހޯދޭނެ ކަމަށް ބުނާ އަންދާސާއަކީ ރާއްޖޭގެ އިޤްތިޞާދީ އާބާދީއާއި މުދާ އެތެރެކުރާ މިންވަރަށް ބަލާއިރު ޢަމަލީ ގޮތުން ހާސިލުކުރެވޭނެ ވަރަށްވުރެ މާ މަތީ އަންދާސާތަކެކެވެ.
ބަނދަރުގެ ލޮޖިސްޓިކްސް ކެޕޭސިޓީން 7,000 އާއި 9,000 އާ ދެމެދުގެ ސީދާ ވަޒީފާ އަދި ޤައުމީ އުފެއްދުންތެރިކަމަށް 600 އިން 900 މިލިއަން ޑޮލަރު ވަންނާނެ ކަމުގެ އުއްމީދީ އަންދާސާތަކެއް ކުރެވުނު ނަމަވެސް، ސީދާ އޮޕަރޭޝަނަލް ސުންގަޑިތަކާއި، އިކުއިޕްމަންޓް ހޯދާނެ ގޮތާއި، މާލީ ވަސީލަތްތައް ހަމަޖައްސާނެ ދެމެހެއްޓެނިވި މަގުޗާޓެއް ނެތި ދެއްކެވި ވާހަކަފުޅަކީ ސިޔާސީ މަންޒަރެއް ދެއްކުމުގެ ބޭނުމުގައި ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައި ވިޔަފާރިވެރިންނާއި ޢާންމުން ސިފަކުރެއެވެ.
ވިޔަފާރިވެރިންނާއި ރައްޔިތުން މިއަދު އެދެނީ ހަމައެކަނި ސިޔާސީ ވައުދުތަކެއްގެ ބަދަލުގައި، ސުންގަޑިތަކާއި އޮޕަރޭޝަނަލް ކެޕޭސިޓީގެ ސަރީޙަ، ސާފު ތަފްސީލުތައް ސަރުކާރުން ހާމަކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު