ސަރުކާރުގެ ވަޒީފާތަކަށް މީހުން ވަނުމަކީ ގޯހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވި ވިދާޅުވުމަކީ، ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ދައްކަވާ "ދެރަވަރު" ވާހަކަފުޅެއް ކަމަށް ވިދާޅުވެ، ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ކުރީގެ މެންބަރު އަޙްމަދު ނަސީމް (ނަފާ ނަސީމް) ސަރުކާރަށް ވަރުގަދަ ހަމަލާއެއް އަމާޒުކުރައްވައިފިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅަށް ފާޑުވިދާޅުވަމުން ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިދިޔަ ސަރުކާރާ އަޅާބަލާއިރު މި ސަރުކާރުން އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ވަޒީފާތަކަށް މީހުން ވައްދާފައިވަނީ ދެގުނަ އިތުރަށް ކަމަށެވެ. އަދި އެކަން އެގޮތަށް ކުރުމަށްފަހު، މިހާރު "މާއޮމާންކޮށް" އެއީ ގޯހެއް ކަމަށް ވިދާޅުވުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.
"މިހާރު ކާކަށް އޮޅުވާލަންތޯ މާއޮމާންކޮށް އެއީ ގޯހެކޭ ކިޔަނީ؟ މި ދެން ވަރަށް ހުތުރު އަދި ވަރަށް ދެރަވަރު ދޯ؟ މި ލެވެލްއަށް ވެއްޓޭކަށްނުޖެހޭ. ރައްޔިތުންނަށް ހަގީގަތް ވަރަށް ސާފު،" ނަސީމް ވިދާޅުވިއެވެ.
ނަސީމް އިތުރަށް ވިދާޅުވީ، ސިޔާސީ ވެރިން އަމިއްލަ މަންފާއަށްޓަކައި ކޮންމެފަދަ ދޮގެއްވެސް ބުނެފާނެ ކަމަށާއި، އަދި ރައްޔިތުންނަށް ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެ ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އާންމު ރައްޔިތުން ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަނީ ވަޒީފާ އަދާކޮށްގެން ކަމަށްވާއިރު، ވަޒީފާއާ ކުޅުމަކީ އިންސާނަކަށް ދެވޭނެ އެންމެ ބޮޑު އަނިޔާއެވެ.
"މިފެންނަނީ ހަގީގަތް. އަމިއްލަ ސިޔާސީ މަންފާޔަށް ވެރިން ކޮންމެފަދަ ދޮގެއްވެސް ބުނެފާނެ. ކޮންމެފަދަ އަނިޔާއެއްވެސް ދީފާނެ. މީހުން ކައިބޮއެ އުޅެނީ ވަޒީފާ އަދާ ކޮށްގެން. ވަޒީފާޔާ ކުޅުމަކީ މީހަކަށް ދެވޭ އެންމެ ބޮޑު އަނިޔާ!" ނަސީމް ވިދާޅުވިއެވެ.
މީގެ އިތުރުން، ސަރުކާރުގެ މިފަދަ ނިންމުންތަކާއި އަމަލުތަކާ ދެކޮޅަށް ރައްޔިތުން ނުތެދުވާތީ ނަސީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު