ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު، ސައުދީ އަރަބިއާގެ ވަލީ އަހުދުގެ ނައިބް ޕްރިންސް މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވަނީ.--- ފޮޓޯ: ރައީސް އޮފީސް
ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟާއި އިރުމަތީ ޕްރޮވިންސުގެ ތެޔޮ އުފައްދާ މުހިންމު މަރުކަޒުތަކަށް އަމާޒުކޮށް ދޭންއުޅުނު ޑްރޯން ޙަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުއްވި ބަޔާނެއްގައި، ސަޢޫދީގެ އިޤްތިޞާދީ މުހިންމު ބިނާތަކަށް އަމާޒުކޮށް ދޭންއުޅުނު މިފަދަ ޙަމަލާތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަން ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރުން ހާމަކުރެއްވި ގޮތުގައި، މިއީ ސަޢޫދީ ޢަރަބިއްޔާގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލަށް އަރައިގަތުމަށް ހިންގާ ނުރައްކާތެރި ޢަމަލުތަކެކެވެ. އަދި މިއީ މުޅި މެދުއިރުމަތީގެ ސަލާމަތާއި، ސަރަޙައްދީ ހަމަޖެހުމަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ދިވެހިރާއްޖެއިން ސިފަކުރެއެވެ.

މީގެއިތުރުން، ސަޢޫދީ ސަރުކާރާއި އެ ޤައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަޤީންކަން އަރުވައި، އެ ޤައުމުގެ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮތްކަން ވަނީ ތަކުރާރުކޮށްފައެވެ.

މި ޙަމަލާތަކަކީ މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްކޮށް، ހަތިޔާރުއެޅި ޖަމާޢަތްތަކުން ސަޢޫދީގެ ހަކަތައާ ބެހޭ ވަސީލަތްތަކަށާއި އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ދެމުންދާ ސިލްސިލާ ޙަމަލާތަކުގެ ބައެކެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ސަޢޫދީ ޢަރަބިއްޔާއަކީ މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށްވުމުން، އެ ޤައުމުގެ ތެޔޮ ސާފުކުރާ މަރުކަޒުތަކަށް ދޭ މިފަދަ ޙަމަލާތަކުގެ ސަބަބުން ބައިނަލްއަޤްވާމީ އިޤްތިޞާދަށާއި ތެލުގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ފާއިތުވި އަހަރުތަކުގައިވެސް ސަޢޫދީ އަރާމްކޯގެ ވަސީލަތްތަކަށް ދީފައިވާ މިފަދަ ޙަމަލާތަކާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް