ގްރޭޓަރ މާލެ ސަރަހައްދުން އިތުރު 20 މީހަކަށް ހިމަބިހި (މީސަލްސް) ޖެހިފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
މިއާއެކު، މިހާރު ފެތުރެމުންދާ މި ބަލީގެ ކޭސްތަކުގެ މުޅި ޖުމްލަ އަދަދު މިހާރު ވަނީ 186 އަށް އުފުލިފައެވެ.
މި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އެޗްޕީއޭއިން ކުރިއަށްގެންދާ މާސް ވެކްސިނޭޝަން ކެމްޕޭނުގެ ދަށުން، މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ހިމަބިހި ވެކްސިން ދީފައެވެ.
އެމްއެމްއާރު ވެކްސިންގެ ދެ ޑޯޒް ހަމަކުރެވިފައިވާކަން ޔަގީންނުވާ އެންމެހައި ފަރާތްތަކުން ލަސްނުކޮށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިފައިވާ މީހަކާ ސީދާ ދިމާވެފައިވާ ފަރާތްތަކަށް ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުން މާލޭގެ އަރބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ވެކްސިން ދިނުމުގައި އިސްކަންދެވޭނެކަމަށް އެ އޭޖެންސީން ބުނެއެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހުންއައުމާއެކު ހަމުގައި ރަތް ބިހިތަކެއް ނަގާނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށާއި، ސިއްހީ ޚިދުމަތް ތަންތަނަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން 2017 ގައި ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައެޅި ނަމަވެސް، މިއީ ވައިގެ ޒަރީއާއިން ވަރަށް އަވަހަށް ފެތުރޭ ބައްޔެކެވެ. އެހެންކަމުން ވެކްސިން ނުޖަހާ މީހުން އިތުރުވާނަމަ، ބޭރު ގައުމުތަކުން އަންނަ މީހުންގެ ފަރާތުން އަލުން ބަލި ފެތުރުމުގެ ފުރުސަތު ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު