މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ހާރިސް މުހައްމަދު ހަމަޖައްސަވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މަޢުލޫމާތު ދެއްވިގޮތުގައި، އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގެ އިތުރުން އެ ކޯޕަރޭޝަނުގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމަށްވެސް އޭނާ ވަނީ އިއްޔެ އައްޔަނުކުރައްވާފައެވެ.
މި މަގާމަށް ހާރިސް އައްޔަނުކުރައްވާފައި މިވަނީ، ކުރިން އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ނިޔާޒު އެ މަގާމުން ވަކިކުރެއްވިތާ 5 ދުވަސް ފަހުންނެވެ.
އަލަށް އައްޔަނުކުރެވުނު ހާރިސްއަކީ ފަތުރުވެރިކަމާއި އޭވިއޭޝަން ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އެގޮތުން، މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާއިރު، 2015 އިން 2018 އަށް އެމްއެމްޕީއާރުސީގެ އެކްޓިން އެމްޑީގެ މަގާމާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރުކަންވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު