ބައިނަލްއަޤްވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ނެރެފައިވާ ހައްޔަރު އަމުރާ ގުޅިގެން، ބޭރު ޤައުމަކުން ހައްޔަރުކޮށްފާނެތީ އެއްވެސް ބިރުވެރިކަމެއް ނެތް ކަމަށާއި، އެފަދަ ޙާލަތެއްގައި ސަލާމަތްކުރުމަށް އިސްރާއީލުގެ ޚާއްޞަ ސިފައިން ތައްޔާރަށް ތިބި ކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކޮށްފިއެވެ.
ނަތަންޔާހޫ މިފަދައިން ވިދާޅުވީ އެމެރިކާގެ ފޮކްސް ނިއުސްގެ "ޝޯން ހެނިޓީ" ޕްރޮގްރާމަށް ދެއްވި ބަސްދީގަތުމެއްގައެވެ. އޭނާ ވަނީ އައިސީސީއަކީ ނާކާމިޔާބު އަދި ކޮރަޕްޓް މުއައްސަސާއެއްގެ ގޮތުގައި ސިފަކޮށް، ދަ ހޭގްގައި ހުންނަ އެ ކޯޓުގެ އަމުރުތަކަށް ބޯނުލަނބާނެ ކަމަށް ބުނެފައެވެ. އަދި ދަތުރުމަތީގައި ކުއްލި ޞިއްޙީ ފަރުވާއަކަށްޓަކައި އެހެން ޤައުމަކަށް ބޯޓު ޖައްސަން ޖެހުނު ނަމަވެސް، އިސްރާއީލުގެ ޚާއްޞަ ކޮމާންޑޯ ސިފައިންގެ އެހީތެރިކަމާއެކު ރައްކާތެރިކަން ކަށަވަރުކުރެވޭނެ ކަމުގެ އިޝާރާތެއް އޭނާ ދިނެވެ.
ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސި ކަމަށް ކުރެވޭ ތުހުމަތުތަކަށް ރައްދުދެމުން ނަތަންޔާހޫ ބުނީ، އިސްރާއީލުން ޣައްޒާއަށް އެއް މިލިއަން ޓަނުގެ ކާބޯތަކެތި ފޮނުވާފައިވާ ކަމަށާއި، އެހެންކަމުން އެ ދައުވާތަކަކީ އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ބޭއްވި މަޝްވަރާތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ނަތަންޔާހޫ ފާހަގަކުރީ، އެއީ މިހާތަނަށް ބޭއްވުނު އެންމެ އުފެއްދުންތެރި ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުމެއް ކަމަށެވެ. އަދި ދެ ބޭފުޅުންގެވެސް އެންމެ ބޮޑު އަމާޒަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓުވުމާއި، އީރާނުގެ ނުރައްކާތަކުން ސަރަޙައްދީ ސަލާމަތާއި ހަމަޖެހުން ދެމެހެއްޓުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އީރާނާއެކު ސިޔާސީ ހައްލަކަށް އާދެވިދާނެ ކަމާމެދު ޝައްކު އުފައްދަމުން ނަތަންޔާހޫ ބުނީ، އިސްރާއީލަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށެވެ. އަދި ނިއުކްލިއަރ ބާރެއް ނެތް އިރުވެސް އީރާނުން މެދުއިރުމަތީގެ ޤައުމުތަކަށް ނުރައްކާކުރަމުންދާއިރު، އެފަދަ ހަތިޔާރެއް އެ ޤައުމުން އުފައްދައިފިނަމަ އެއީ މުޅި ދުނިޔެއަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު