މާލޭގެ ފަޅުތެރެއަށް ލޯންޗުތައް ކައިރިކުރުމަށްޓަކައި ޚާއްޞަ ފިންގަރ ޖެޓީތަކެއް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާލޭގެ ފަޅުތެރެއިން ލޯންޗުފަހަރު ބޭނުންކުރާ ސަރަޙައްދުގައި ކުދިކުދި ޖެޓީތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް 6 ފިންގަރ ޖެޓީއެއް ނެރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ލޯންޗުތަށް މި ބޭނުންކުރާ ސަރަހައްދުގައި ކުދިކުދި ޖެޓީތަކެއް އަޅުގަނޑުމެން މި ހަދަނީ ހުރިހާ ކަމެއް ނިންމާފައި މަގު ހުޅުވަން މަޑުނުކުރީ އަވަހަށް މަގު ހުޅުވާލަން ބޭނުންވާތީ، ގާތްގަނޑަކަށް ހަޔެއްކަ ޖެޓީ ހެދިގެންދާނެ މި ފިންގަރ ޖެޓީތަކެއް ނެރެވޭނެ،" ރައީސް ވިދާޅުވިއެެވެ.
މި ޖެޓީތައް ހެދުމުން ލިބިގެންދާނެ ފަސޭހަތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިހާރު ކަންތައް ހުރިގޮތުން ލޯންޗުތައް ކައިރިކުރާއިރު އެއް ލޯންޗުން އަނެއް ލޯންޗަށް އަރައިގެން އެއްގަމަށް އުޅަނދުފަހަރުން ފޭބުމުގެ ބަދަލުގައި، އާ ޖެޓީތަކާއެކު ހުރިހާ ލޯންޗަކަށްވެސް ސީދާ އެއްގަމަށް ކައިރިކޮށް ފަސޭހަކަމާއެކު މީހުންނަށް ފޭބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.
މީގެއިތުރުން، ރިންގް ރޯޑުގެ ބާކީ ހުރި ފައިސާއާއި މި މަޝްރޫޢުގެ ފައިސާ ބޭނުންކޮށްގެން، އަމާޒަކީ އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަސް ނިމެންވާއިރަށް މުޅި މަގުގެ ބޭނުން އާންމުންނަށް ކުރެވޭނެ ގޮތަށް މަސައްކަތްތައް ނިންމާލުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު