ރާއްޖޭގެ ތަރައްޤީގެ 20 އަހަރުގެ މާސްޓަރ ޕްލޭންގެ ފުރަތަމަ ޑްރާފްޓް ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ޕްލޭން އެއްކޮށް ފައިނަލްކޮށް އިޢުލާންކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މާސްޓަރ ޕްލޭން ފައިނަލްކުރުމުގެ ކުރިން ގިނަ މުއައްސަސާތަކާއި އެކި ފަރާތްތައް ހިމެނޭގޮތަށް ފުޅާ ދާއިރާއެއްގައި "ވެލިޑޭޝަން ވޯކްޝޮޕެއް" ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ މެނިފެސްޓޯގައި ހުރި ވަރަށް ގިނަ ކަންކަމަކީ މި މާސްޓަރ ޕްލޭންގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި 17 ނޮވެމްބަރު 2023 އިން ފެށިގެން ސަރުކާރުން އިޢުލާންކޮށްފައިވާ މެނިފެސްޓޯގައިވާ ކަންކަން ތަންފީޒުކުރެވެމުންދަނީ އެ ޕްލޭންގެ ދަށުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން މިއީ ޤައުމުގެ ތަރައްޤީގެ ސިޔާސަތުތައް ވަކި ތަރުތީބަކުން ކުރިއަށްގެންދިއުމަށް އެކުލަވައިލެވޭ މުހިންމު ޕްލޭނެއްކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މި 20 އަހަރުގެ މާސްޓަރ ޕްލޭންގެ އަސާސީ އަމާޒަކީ 2040 އާ ހަމައަށް ދާއިރު ރާއްޖޭގެ ޖީޑީޕީ އިތުރުކޮށް، ތަރައްޤީވެފައިވާ ޤައުމުތަކުގެ ސްޓޭޓަސްއަށް ރާއްޖެ ގެންދިއުން ކަމަށެވެ. މިގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުމުގެ އިތުރުން، ޤައުމުގެ ހިންގުމުގެ ނިޒާމަށާއި ޑިމޮކްރަސީއަށް އަންނަންޖެހޭ މިންގަނޑުތައް ހާސިލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ވިލުންތެރި ރާއްޖެ 2045" ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ވަނީ ދިވެހި ކޮންސަލްޓަންސީ ކުންފުންޏެއް ކަމުގައިވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްފައެވެ. 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރާ ޓީމުން، އާންމުންގެ ޚިޔާލު ހޯދުމަށް މިހާރު ވަނީ ރަށްރަށައް ދަތުރުތައް ފަށާފައެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 17 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު