ކ. މާފުށީ ފަޅުބޭރުގައި ފްލޯޓިން ބާއެއްގެ ގޮތުގައި ބޭނުންކުރަމުން އައި މަގުބޫލު ސަފާރީއެއް، މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން ނަގިލި ކަހާލައިގެން ގޮސް އެ ރަށު ބަނދަރު ސަރަހައްދަށް ލައްވެ ހަލާކުވެއްޖެއެވެ.
މިއަދު ހެނދުނު 9:30 ހާއިރު ހިނގި މި ހާދިސާގައި، އުޅަނދު އެއްގަމާ ކައިރިވާން ފެށުމާއެކު އޭގައި ތިބި މީހުން ވަނީ މޫދަށް ފުންމާލައިގެން ސަލާމަތްވެފައެވެ. މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެ ވިއްސާރަކުރަމުންދާ ދަނޑިވަޅެއްގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ނުލިބެއެވެ.
އުޅަނދު ބަނދަރަށް ލައްވިތާ މާ ގިނައިރުތަކެއް ނުވެ، ބާރުގަދަ ރާޅުތައް ޖެހުމުގެ ސަބަބުން ސަފާރީ ވަނީ ބޭނުންނުކުރެވޭ ވަރަށް ފުނޑުފުނޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މާފުށިން ވާހަކަދެއްކި މީހަކު ބުނީ ހާދިސާ ހިނގި ވަގުތު އުޅަނދުގައި ތިބި އެންމެން މޫދަށް ފުންމާލައި ވަނީ ރައްކާތެރިކަމާއެކު އެއްގަމަށް އަރާފައެވެ. ނަމަވެސް، އެ ވަގުތު އުޅަނދުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންގެ ސީދާ އަދަދެއް ރަސްމީ އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ސަފާރީގެ ބައިތައް މާފުށީ ފަޅުތެރެއަށް އެކި ގޮތްގޮތަށް އެޅިފައިވާތީ، ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ ތަކެތި ނަގައި ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ފަތުރުވެރިންގެ މެދުގައި ބޮޑު ތަރުހީބެއް ލިބިފައިވާ މި ފްލޯޓިން ބާއަކީ އާންމުކޮށް މާފުށީ ފަޅުތެރެއިން ބޭރުގައި އަޅާފައި އޮންނަ އުޅަނދެކެވެ.

ކިޔުންތެރިންގެ ހިޔާލު