ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލީހުން އިންތިޚާބުކުރާ އެ ޕާޓީގެ ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވައި، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާއު އެކަން ޢިއުލާނު ކުރައްވައިފިއެވެ.
ޝުޖާއު މިކަން ޢިއުލާނު ކުރެއްވީ މީސް މީޑިއާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ކުރެއްވި ޕޯސްޓުގައި، ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާޢީދަށް އެދެމުން، އޭނާއަށް ވޯޓު ދޭންޖެހޭ ސަބަބުތައް ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ.
އެގޮތުން 2013-2018 ގެ ވެރިކަން ނިމުމާއެކު، އޭރު އަޑުގަދަކޮށް އުޅުނު ގިނަ ބަޔަކު ފިލައިގެން ދިޔަ ނަމަވެސް، ޕާޓީގެ ރައީސާއެކު ސާބިތުވެ ހުންނެވި މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
އަދި ޕާޓީ އިދިކޮޅުގައި އޮތްއިރު އެމްޑީޕީއާ ދެކޮޅަށް އިސްވެ ހިތްވަރާއެކު ނުކުންނެވި ކަމަށާއި، އުނދަގޫ ދަނޑިވަޅުތަކުގައިވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޤާމުގެ ދަހިވެތިކަމަށްވުރެ އަބަދުވެސް ޕާޓީގެ މަސްލަހަތު އިސްކުރެއްވި ކަމަށާއި، ބޮޑާނުހާކައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޕާޓީގައި ދެމިހުރެވުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަދި ޕާޓީގެ ވެރިކަމެއް ކުރުމަށްޓަކައި ޕާޓީގެ ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް އެންމެ އަޑުހަރުކޮށް ވަކާލާތުކުރައްވާ ބޭފުޅަކީ އޭނާ ކަމަށާއި، ޕާޓީގެ އާންމު މެންބަރުންގެ ފޯނުތަކަށް ޖަވާބުދީ، މެންބަރުންގެ އުފަލާއި ހިތާމައިގައި އަބަދުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާޓީގެ ރައީސަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ކެރިގެން މަސައްކަތް ކުރައްވާނެ އެކަކަށް އޭނާ ވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޝުޖާއު ވިދާޅުވީ، އޭނާއާ ނުލައި ޕާޓީގެ ލީޑަރޝިޕް ފުރިހަމަނުވާނެ ކަމަށެވެ.
އެހެންކަމުން ޕާޓީގެ މަތީ މަޖިލީހުން އިންތިޚާބުކުރާ ނައިބު ރައީސުންގެ ތެރޭގައި އޭނާ އިންތިޚާބުކޮށްދެއްވުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ.

﷽
— Ibrahim Shujau (@IbrahimShujaau) August 1, 2026
މާތްاللهގެ ވާގިފުޅާއެކު ކުރިއަށްއޮތް ކޮންގްރެސް ޕާޓީގެ މަތީމަޖިލީހުން އިންތިޚާބު ކުރާ ޕާޓީގެ ނައިބުރައީސުންގެ މަޤާމަށް އަޅުގަނޑު ކުރިމަތި ލުމަށް ޤަސްތުކޮށް،ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި ލޮބުވެތި މެމްބަރުންގެ ތާޢީދަށް އެދެމުން އެކަން ޢިއުލާން ކުރަމެވެ.
މަތީމަޖިލީހުން… pic.twitter.com/cr9d0kQhQ4
ޝުޖާއު ކުރެއްވި ޕޯސްޓުގައި، ޕާޓީގެ މަތީ މަޖިލީހުގެ އެންމެހައި މެންބަރުންގެ ތާޢީދަށް އެދެމުން، އޭނާއަށް ވޯޓު ދޭންޖެހޭ ސަބަބުތައް ވަނީ ތަފްޞީލުކޮށް ބަޔާންކުރައްވާފައެވެ.
އެގޮތުން 2013-2018 ގެ ވެރިކަން ނިމުމާއެކު، އޭރު އަޑުގަދަކޮށް އުޅުނު ގިނަ ބަޔަކު ފިލައިގެން ދިޔަ ނަމަވެސް، ޕާޓީގެ ރައީސާއެކު ސާބިތުވެ ހުންނެވި މަދު ބޭފުޅުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަންނަވާކަން ޝުޖާއު ފާހަގަކުރެއްވިއެވެ.
އަދި ޕާޓީ އިދިކޮޅުގައި އޮތްއިރު އެމްޑީޕީއާ ދެކޮޅަށް އިސްވެ ހިތްވަރާއެކު ނުކުންނެވި ކަމަށާއި، އުނދަގޫ ދަނޑިވަޅުތަކުގައިވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ހުންނެވި ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މަޤާމުގެ ދަހިވެތިކަމަށްވުރެ އަބަދުވެސް ޕާޓީގެ މަސްލަހަތު އިސްކުރެއްވި ކަމަށާއި، ބޮޑާނުހާކައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޕާޓީގައި ދެމިހުރެވުނު ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަދި ޕާޓީގެ ވެރިކަމެއް ކުރުމަށްޓަކައި ޕާޓީގެ ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް އެންމެ އަޑުހަރުކޮށް ވަކާލާތުކުރައްވާ ބޭފުޅަކީ އޭނާ ކަމަށާއި، ޕާޓީގެ އާންމު މެންބަރުންގެ ފޯނުތަކަށް ޖަވާބުދީ، މެންބަރުންގެ އުފަލާއި ހިތާމައިގައި އަބަދުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޕާޓީގެ ރައީސަށް ދެވަނަ ދައުރެއް ހޯއްދަވައިދެއްވުމަށް ކެރިގެން މަސައްކަތް ކުރައްވާނެ އެކަކަށް އޭނާ ވަޑައިގަންނަވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ޝުޖާއު ވިދާޅުވީ، އޭނާއާ ނުލައި ޕާޓީގެ ލީޑަރޝިޕް ފުރިހަމަނުވާނެ ކަމަށެވެ.
އެހެންކަމުން ޕާޓީގެ މަތީ މަޖިލީހުން އިންތިޚާބުކުރާ ނައިބު ރައީސުންގެ ތެރޭގައި އޭނާ އިންތިޚާބުކޮށްދެއްވުމަށް ޝުޖާއު ވަނީ އެދިވަޑައިގެންފައެވެ.
ކިޔުންތެރިންގެ ހިޔާލު