ފޯޅަވަހީގެ (ޗާގޯސް) މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ގެންގުޅުއްވި ސިޔާސަތަށް ބަދަލު އައިސްފައިވާ ކަމަށް ބުނެ، ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި، ރައީސް މުއިއްޒަކީ މުޅި ޙަޔާތްޕުޅުގައިވެސް އަމާނާތްތެރިކަމާއެކު ކަންކަން ކުރެއްވި ބޭފުޅެއް ނޫނެވެ.
އަދި ފޯޅަވަހީގެ މައްސަލައިގައި ގައުމިއްޔަތުގެ ވާހަކަތައް ދައްކަވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އަތުލާފައިވާ ކަމަށް ބުނެ އެމްއެންޑީއެފް މެދުވެރިކޮށް ބަޔާންތައް ނެރުއްވުމަށްފަހު، މިއަދު އެމަނިކުފާނު ވަނީ ބޭރުގެ ނުފޫޒުތަކާއި ޕްރެޝަރުތަކަށް ދީލާލައްވާފައި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައީސް މުއިއްޒުގެ ކިބައިގައި ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުތައް ރައްކާތެރިކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް ކަމަށާއި، އެމަނިކުފާނުވެސް އެންމެ ފަހުން ގުޅިވަޑައިގަތީ ކަނޑުގެ ސަރަހައްދު ވިއްކާލި ބޭފުޅުންނާ ކަމަށް ޑރ. ޖަމީލް ސިފަކުރެއްވިއެވެ.
އަދި ރައީސް މުއިއްޒަކީ އާދަވެގެން ދޮގުހައްދަވާ ނުވަތަ "ޕެތޮލޮޖިކަލް ލަޔަރ" އެއްގެ ގޮތުގައި ފާހަގަކުރައްވަމުން، އެމަނިކުފާނަކީ ތަރުބިއްޔަތުގައިވެސް ދޮގުހެދުމާއި އޮޅުވާލުން އަށަގަނެފައިވާ ބޭފުޅެއް ކަމަށް ޖަމީލް ވަރަށް ހަރުކަށި އިބާރާތުން ވިދާޅުވިއެވެ.
ޑރ. ޖަމީލްގެ މި ހޫނު ހަމަލާތައް ރައީސް މުއިއްޒަށް އަމާޒުވެފައި މިވަނީ، ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުންތައް ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވީ ވައުދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.

މުޅި ޙަޔާތުގައިވެސް @MMuizzu އަމާނާތަކަށް ވަފާތެރިއެއް ނުވޭ.
— Mohamed Jameel Ahmed (@MJameelAhmed) August 1, 2026
ްެއެކަން މިހާރު ފޯޅަވަހި މައްސަލާގައި މިހާދުވަހު ގައުމިއްޔަތޭ، އެއޮތީ ކަނޑު އަތުލާފައޭ އަދި ކިއެއްތަ އެމްއެންޑީއެފުން ބަޔާންނެރެ ހެދުމަށްފަހު މިއަދު އެދީލާލީ ބޭރުގެ ޕްރެޝަރަށް.
މިއަދު މުއިއްޒުވެސް ދިވެހި ސިޔާދަތަށް… https://t.co/OOQXlsxnFa
އަދި ފޯޅަވަހީގެ މައްސަލައިގައި ގައުމިއްޔަތުގެ ވާހަކަތައް ދައްކަވައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް އަތުލާފައިވާ ކަމަށް ބުނެ އެމްއެންޑީއެފް މެދުވެރިކޮށް ބަޔާންތައް ނެރުއްވުމަށްފަހު، މިއަދު އެމަނިކުފާނު ވަނީ ބޭރުގެ ނުފޫޒުތަކާއި ޕްރެޝަރުތަކަށް ދީލާލައްވާފައި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
އޭގެ އިތުރުން، ރައީސް މުއިއްޒުގެ ކިބައިގައި ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުތައް ރައްކާތެރިކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނެތް ކަމަށާއި، އެމަނިކުފާނުވެސް އެންމެ ފަހުން ގުޅިވަޑައިގަތީ ކަނޑުގެ ސަރަހައްދު ވިއްކާލި ބޭފުޅުންނާ ކަމަށް ޑރ. ޖަމީލް ސިފަކުރެއްވިއެވެ.
އަދި ރައީސް މުއިއްޒަކީ އާދަވެގެން ދޮގުހައްދަވާ ނުވަތަ "ޕެތޮލޮޖިކަލް ލަޔަރ" އެއްގެ ގޮތުގައި ފާހަގަކުރައްވަމުން، އެމަނިކުފާނަކީ ތަރުބިއްޔަތުގައިވެސް ދޮގުހެދުމާއި އޮޅުވާލުން އަށަގަނެފައިވާ ބޭފުޅެއް ކަމަށް ޖަމީލް ވަރަށް ހަރުކަށި އިބާރާތުން ވިދާޅުވިއެވެ.
ޑރ. ޖަމީލްގެ މި ހޫނު ހަމަލާތައް ރައީސް މުއިއްޒަށް އަމާޒުވެފައި މިވަނީ، ފޯޅަވަހީގެ މައްސަލައިގައި ކުރީގެ ސަރުކާރުން ނިންމާފައިވާ ނިންމުންތައް ބަދަލުކުރާނެ ކަމަށް މި ސަރުކާރުން ކުރިން ވީ ވައުދުތަކާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު