ޝަޒުހަތު ލަތީފް
ޝަޒުހަތު ލަތީފް
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމުގެ މަޤާމަށް ޝަޒުހަތު ލަތީފް އައްޔަންކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޝަޒުހަތު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ މިއަދުއެވެ.

​ޝަޒުހަތު ލަތީފަކީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. މާލީ ދާއިރާގައި އޭނާ ކުރައްވާފައިވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ދައުލަތުގެ އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމުގެ އިތުރުން ޚަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމާއި ފިސްކަލް ރިސްކް އެސެސްމަންޓް ތައްޔާރުކުރުން ހިމެނެއެވެ.

​މީގެ އިތުރުން، ސަރުކާރުގެ ތަފާތު އިދާރާތަކަށް ބަޖެޓާ ގުޅޭ ފަންނީ އިރުޝާދު ދެއްވުމާއި، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު މާލީ ލިޔުންތައް ތައްޔާރުކުރުމުގައިވެސް ޝަޒުހަތު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

​ތަޢުލީމީ ޤާބިލުކަމަށް ބަލާއިރު، ޝަޒުހަތު ވަނީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ޑިގްރީވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު