މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ޖުމްލަ އާމްދަނީގެ 60 އިންސައްތަ މިހާތަނަށް ލިބިފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 24.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިއަހަރު ލިބޭނެ ކަމަށް ލަފާކުރި 40.4 ބިލިއަން ރުފިޔާގެ 59.7 އިންސައްތައެވެ. މި އަހަރުގެ މިއަދަދަކީ ފާއިތުވި އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.9 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ 12.1 އިންސައްތައިން އިތުރުވެ، 18.4 ބިލިއަން ރުފިޔާއަށް އަރާފައިވުމެވެ. ޓެކްސްގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖީއެސްޓީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 9.7 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ ތެރެއިން އާންމު މުދަލާއި ޚިދުމަތުގެ ޓެކްސްގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓެކްސް (ޓީޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ވަނީ 6.9 ބިލިއަން ރުފިޔާ ލިބިފައެވެ.
ޚަރަދުތަކަށް ބަލާއިރު، ދައުލަތުގެ ރިކަރަންޓް އަދި ކެޕިޓަލް ޚަރަދުގެ ޖުމްލަ ހުރީ 25.5 ބިލިއަން ރުފިޔާގައެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތުގައި މުވައްޒަފުންގެ މުސާރައާއި، ޞިއްޙީ ޚިދުމަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކަށް ހޭދަކުރި 21.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 19.7 އިންސައްތައިގެ އިތުރުވުމެކެވެ.
ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށް ފާއިތުވި އަހަރުގެ ނޮވެމްބަރުގައި ގެނެވުނު ބަދަލާއެކު، މުސާރައާއި ޕެންޝަނަށް ކުރި ޚަރަދު 9.5 އިންސައްތަ އިތުރުވެ 8.5 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި އާސަންދައަށް 1.2 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ސަބްސިޑީގެ ޚަރަދު ވަނީ 79.0 އިންސައްތައިން ބޮޑުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މާލީ ކަންކަމާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 1.5 ބިލިއަން ރުފިޔާގެ ޕްރައިމަރީ ސަރޕްލަސްއެއް ލިބިފައިވީ ނަމަވެސް، ޖުމްލަ މާލީ މީޒާން ނުވަތަ އޯވަރޯލް ބެލެންސް އުޅެނީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު