އިސްރާއީލުން ގާޒާގެ އާންމު ރައްޔިތުންނަށާއި ސިއްހީ މަރުކަޒުތަކަށް އަމާޒުކޮށް ދެމުންގެންދާ އަނިޔާވެރި ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ބައެއްގެ ފުރާނަ ގެއްލެމުންދާ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާއި އިންސާނީ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ.
ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލަށް ލާޒިމުވާ އެންމެހައި އިލްތިޒާމްތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން ވެވިފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް ގޮވާލާފައެވެ. އިސްރާއީލުން މި އެއްބަސްވުންތަކާ ހިލާފަށް ހިންގާ އަމަލުތަކުގެ ސަބަބުން، މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަންވެސް އެ ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ގާޒާގެ ރައްޔިތުންނާއި، ސިއްހީ ހިދުމަތްދޭ ތަންތަނާއި، އިންސާނީ އެހީ ފޯރުކޮށްދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިވެހިރާއްޖެއިން އަލުން ގޮވާލިއެވެ. އަދި ގާޒާގެ ހުރިހާ ސަރަހައްދަކަށް އެއްވެސް ހުރަހެއްނެތި، އަވަސްކަމާއެކު އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ދާއިމީކޮށް ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށްވެސް ސަރުކާރުން އިލްތިމާސްކުރެއެވެ.
ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަން ހާމަކުރައްވައި، 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިކަންކުރާ ރަށް ކަމުގައި ހިމެނޭ، މިނިވަން އަދި މުސްތަގިއްލު ފަލަސްތީނު ދައުލަތެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ފުރިހަމަ ތާއީދު އޮތްކަން މި ބަޔާނުގައި އަލުން ކަށަވަރުކޮށްދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު