ތައިލެންޑުގެ ވެރިރަށް ބެންކޮކްގެ އަވަށެއްގައި ހުރި ސުކޫލެއްގައި ދަރިވަރަކު ދިން ބަޑީގެ ހަމަލާއެއްގައި 7 މީހަކު މަރުވެއްޖެއެވެ.
މިހާދިސާ ހިނގާފައިވަނީ ތައިލެންޑުގެ ނޮންތަބޫރީ ޕްރޮވިންސްގެ ބާންކްރުއައި ޑިސްޓްރިކްޓުގައި ހުންނަ ސްކޫލެއްގައެވެ.ތައިލެންޑު ފުލުހުން ބުނީ މިއަދު ހިނގި އެ ހާދިސާގައި 7 މީހަކު މަރުވެފައިވާ ކަމަށެވެ. މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޓީޗަރުންނާއި ސުކޫލު ދަރިވަރުންވެސް ހިމެނެއެވެ. ތައިލެންޑްގެ ފުލުހުން މައުލޫމާތު ދިންގޮތުގައި މި ހާދިސާގައި 15 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އޭގެ ތެރެެއިން ދެ މީހެއްގެ ހާލު ސީރިއަސްއެެވެ.
މި ހަމަލާ ދިން ދަރިވަރު ވަނީ އެ ހަމަލާތައް ދިނުމަށް ފަހު އަމިއްލަ ގަޔަށް ބަޑިޖަހައި މަރުވެފައެވެ. މި ހަމަލާ ދީފައިވަނީ ގްރޭޑް 9 ގައި ކިޔަވަމުންދިޔަ 14 އަހަރުގެ ފިރިހެން ދަރިވަރެެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މަންޒަރު ދުށް މީހަކު ކިޔައިދިން ގޮތުގައި، ހަމަލާދިން ކުއްޖާ އެންމެ ފުރަތަމަ ޓީޗަރެއްގެ ގަޔަށް ބަޑިޖަހީ އެއް ކްލާހުން އަނެއް ކްލާހަށް ހިނގުމަށްފަހުގައެވެ.
އެ ސްކޫލަކީ 3،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލް ކުރާ ސްކޫލެކެވެ. މި ހަމަލާދިން ދެބްސިރިން ސުކޫލަކީ ތައިލެންޑުގެ ތަފާތު ސަރަހައްދުތަކުގައި ގޮފިތައް ހުންނަ، އަދި ތައުލީމީ ގޮތުން ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ސުކޫލެކެވެ.

ކިޔުންތެރިންގެ ހިޔާލު