ރާއްޖޭގައި އިސްލާޙު ކުރަންޖެހިފައިވަނީ ޤާނޫނުއަސާސީ ނޫން ކަމަށާއި، ބަދަލުކުރަންވީ ވެރިންގެ އަޚްލާޤާއި ސުލޫކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިޖުތިމާއީ މީޑިއާ މަންސަ "އެކްސް" (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައި މޫސާ މަނިކު ވިދާޅުވީ، މިހާރު ޢަމަލުކުރަމުންދާ ޤާނޫނުއަސާސީގެ ދަށުން ވެރިކަން ކުރަން ނޭނގޭ ބަޔަކު، މި ޤާނޫނުއަސާސީގެ ދަށުން ވެރިކަމަށް ކުރިމަތިނުލައި އަދި މަޖިލީހަށްވެސް ވަންނަން ނުޖެހޭނެ ކަމަށެވެ. އެފަދަ ފަރާތްތައް ދުރުވުމުން ޤާނޫނުއަސާސީ އިސްލާޙުކުރަން އެދޭ ފަރާތްތަކަށް އެ ފުރުޞަތު ލިބިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޫސަ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ޤާނޫނުއަސާސީއާއި އެހެނިހެން ޤާނޫނުތައް ހެދި ނަމަވެސް، ޤައުމުގެ ކަންކަން އިސްލާޙުނުވެގެން އުޅެނީ އެ ފަދަ ޤާނޫނުތައް ތަންފީޒުކުރަން ވެރިންނަށް ނުކެރޭތީ ނުވަތަ ތަންފީޒުކުރަން ނޭނގޭތީއެވެ. އަދި ވެރިންގެ ފަރާތުން ކޮރަޕްޝަނާއި ވައްކަމަށް ޖާގަ ދެވޭތީ، ސަރުކާރުގެ އެކި ފަންތީގެ މީހުން އެންމެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި މަހުޖަނުންނަށް ބަދަލުވަމުންދާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
"ބަދަލުކުރަންވީ ޤާނޫނުއަސާސީއެއް ނޫން، ވެރިންގެ އަޚްލާޤު،" މޫސާ މަނިކު ވިދާޅުވިއެވެ.
ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ފެންފަވަތީގެ ފަހުގެ ޤާނޫނުއަސާސީ ތަސްދީޤުކުރެވުނީ 2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން 18 އަހަރު ފުރެން ކައިރިވެފައިވާއިރު، ސިޔާސީ އެކި ފަރާތްތަކުން އަދިވެސް އަންނަނީ ވެރިކަމުގެ ނިޒާމަށާއި ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ބުނެ އަޑުއުފުލަމުންނެވެ.
ނަމަވެސް، ގިނަ އާންމުންނާއި ސިޔާސީ ތަޖުރިބާކާރުން ދެކޭގޮތުގައި މައްސަލައަކީ ޤާނޫނުއަސާސީގެ ނިޒާމީ އުނިކަމަށްވުރެ ބޮޑަށް، އެ ޤާނޫނުއަސާސީގެ ނަޒާހަތްތެރިކަމާއެކު ތަންފީޒުކުރުމާއި ވެރިންގެ ކިބައިގައި ހުންނަންޖެހޭ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމުގައި ދިމާވާ ގޮންޖެހުންތަކެވެ.

ކިޔުންތެރިންގެ ހިޔާލު