ފަރަންސްގައި ކޯވިޑް ޖެހިގެން އެޑްމިޓްކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.
ފަރަންސޭސިވިލާތުގައި މިހާތަނަށް 1.15 މިލިއަން މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު 35 ހާހަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 26 ހާހަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާއިރު އިއްޔެވެސް 1307 މީހުންވަނީ އިތުރު ފަރުވާއަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. މިއީ މިދިޔަ އޭޕްރިލް މަހަށްފަހު ފަރަންސޭސިވިލާތުގައި އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުން ހަސްފަތާލުގައި އެޑްމިޓްކުރި ޢަދަދެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ފަރަންސޭސިވިލާތުގެ ހަސްފަތާލުގައި މިވަގުތު 17784 މީހުން ދަނީ ކޯވިޑް-19އަށް ފަރުވާ ހޯދަމުންނެވެ.
ކޯވިޑްގެ ރާޅެއް ފެތުރެމުންދާތީ ފްރާންސްގެ ހަސްފަތާލުތައް ވަނީ ކުއްލި ހާލަތަށް ބަދަލުކޮށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް ނޫން ޚިދުމަތްތައް މެދުކަނޑާލައިފައެވެ. އަދި ފަރަންސޭސިވިލާތުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަށް ރަސްމީ ފަރާތްތަކުން ވިސްނަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު