ކިތަންމެ ހޫނުގަދަ މޫސުމެއް ނަމަވެސް، އުމުރުން ހަ މަސްނުފުރޭ ތުއްތު ކުދިންގެ ކަރުހިއްކުން ފިލުވުމަށް އިތުރަށް ފެން ދޭން ނުޖެހޭނެ ކަމަށާއި، އެފަދަ ކަންކަމުގައި ދެކެވޭ ހަގީގަތާ ހިލާފު ވާހަކަތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
ތުއްތު ކުދިންނަށް ފެން ދިނުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް އެޗްޕީއޭއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ހަ މަސްނުވާ ކުދިންނަށް ފެން ޖެއްސުމަކީ ބައެއް މީހުންގެ މެދުގައި އާދަކޮށް ކުރަމުން އަންނަ ކަމެއް ނަމަވެސް، އެއީ ސިއްހީ ގޮތުން އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އަދި މޫސުން ކިތަންމެ ހޫނުވި ނަމަވެސް އެ އުމުރުގެ ކުދިންނަށް މައިކިރު ފިޔަވައި އިތުރު އެއްޗެއް ބޭނުން ނުވާނެ ކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.
އެޗްޕީއޭގެ އިރުޝާދުގައި ފާހަގަކޮށްފައިވާ ގޮތުގައި، މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެނެވެ. އެހެންކަމުން، ދަރިފުޅުގެ ކަރުހިއްކުން ފިލުވައިދީ، ހަށިގަނޑަށް ބޭނުންވާ ފެނުގެ މިންވަރު ފޯރުކޮށްދިނުމަށް މައިކިރު ފުދޭނެއެވެ. މައިކިރަކީ ތުއްތު ކުއްޖާގެ އުމުރުން ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހުރިހާ ހަކަތައަކާއި، ކާނާގެ މުހިންމު މާއްދާތަކުގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ފެންވެސް އެންމެ ފުރިހަމައަށް ފޯރުކޮށްދޭ "ސުޕަރ ފުޑް" އެވެ.
މޫސުން ހޫނުވުމުގެ ސަބަބުން ކުއްޖާ މާބޮޑަށް ކަރުހިއްކާފާނެ ކަމަށް ބެލެވޭނަމަ، ފެން ދިނުމުގެ ބަދަލުގައި އާދައިގެ މަތިން ކިރުދޭ ވަރަށް ވުރެ ގިނައިން ގާތުން ކިރުދިނުމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ލަފާދެއްވައެވެ. އަދި މައިކިރު ދެވެން ނެތް ހާލަތްތަކުގައި، ފޯމިއުލާ ކިރު ދޭއިރުވެސް އޭގައި ކުއްޖާއަށް ބޭނުންވާ ފެން އެކުލެވޭތީ، ވަކިން ފެން ދިނުމަކީ ބޭނުންތެރި ކަމެއް ނޫނެވެ.
ހަ މަސްނުވާ ކުދިންނަށް ފެން ދިނުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެކެވެ. ޑޮކްޓަރުން ވިދާޅުވާ ގޮތުގައި މި އުމުރުގައި ކުދިންގެ ކިޑްނީ ފުރިހަމައަށް ހެދިބޮޑުވެފައި ނުވާތީ، ހަށިގަނޑަށް އެތެރެވާ އިތުރު ފެން ބޭރުކުރުމުގެ ގާބިލުކަން ކުއްޖާގެ ކިބައިގައި ނުހުރެއެވެ. މީގެ ސަބަބުން "ވޯޓަރ އިންޓޮކްސިކޭޝަން" ނުވަތަ ފެން ވިހަވުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވުމުގެ ފުރުސަތު އޮވެއެވެ.
އެހެންކަމުން، ތުއްތު ދަރިފުޅުގެ ސިއްހަތަށް ރައްކާތެރިވުމުގެ ގޮތުން، ހަ މަސް ފުރެންދެން ހަމައެކަނި މައިކިރު ނުވަތަ ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ކިރު ދިނުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު