ސާކް ސަރަޙައްދުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާ (ސާކް-އޭއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 15 ވަނަ ކޮންގްރެސް، މި މަހުގެ 15 އިން 16 އަށް އއ. އުކުޅަހުގައި ބޭއްވުމަށް ތާވަލްކޮށްފިއެވެ.
ދުނިޔޭގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާތަކުގެ ފެޑެރޭޝަނުގެ އެހީތެރިކަމާއެކު ކޮންމެ ދެ އަހަރުން އެއް އަހަރަކު ބާއްވާ މި ބައިނަލްއަޤްވާމީ ބައްދަލުވުން ރާއްޖޭގައި ބާއްވާ މިއީ ފުރަތަމަ ފަހަރެވެ.ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު، ޑރ. އަޙްމަދު އަޝްރަފް ވަނީ މި ކޮންގްރެސްގެ ސަބަބުން ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އެނެސްތީޒިއަލޮޖީގެ ދާއިރާއިން އެންމެ ފަހުގެ ރިސާޗްތަކާއި ބޭނުންކުރާ އާ އުކުޅުތަކާ މެދު ސަރަޙައްދީ މާހިރުންނާއެކު މަޝްވަރާކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ލިބިގެންދާނެކަން ޑރ. އަޝްރަފު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި ކޮންފަރެންސްގެ ސަބަބުން ސަރަޙައްދީ ސިއްޙީ މާހިރުންގެ މެދުގައި އޮންނަ އެއްބާރުލުމާއި ގުޅުން އިތުރަށް ވަރުގަދަވެ ހިންގުމުގެ ތަޖުރިބާއާއި ހޭލުންތެރިކަން އިތުރުވުމުގެ އިތުރުން މި ކޮންގްރެސްގެ ސަބަބުން ރާއްޖޭގެ ޑޮކްޓަރުންނާއި، ނަރުހުން އަދި ސައިންޓިފިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިއަށް ދިއުމަށް ގިނަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު