މާލޭގެ ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ޒަމާނީ "ވެޓް މާކެޓް" އެޅުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި، އެ ސަރަހައްދުން 17,558 އަކަފޫޓުގެ ބިމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފިއެވެ.
މި ގަރާރު ފާސްކުރީ އެ މަސައްކަތް ނިމުމުން އަލުން އެތަން ސިޓީ ކައުންސިލާ ހަވާލުކުރަންޖެހޭ ގޮތަށް ޝަރުތުކުރުމަށްފަހުގައެވެ.
މި ގަރާރު ފާސްކޮށްފައިވަނީ މިއަދު ބޭއްވި ކައުންސިލްގެ ކުއްލި ޖަލްސާއެއްގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތް 16 ކައުންސިލަރުންގެ ތެރެއިން 11 ކައުންސިލަރަކު ވަނީ މި ނިންމުމަށް ތާއީދުކޮށް ވޯޓު ދެއްވާފައެވެ. ނަމަވެސް މި ގަރާރާ ދެކޮޅަށް ފަސް ކައުންސިލަރަކު ވޯޓު ދެއްވިއެވެ. އެއީ މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ރިލްވާން އަލީ އާއި، ހެންވޭރު ހުޅަނގު ދާއިރާގެ ފާތިމަތު ސަހުލާ އާއި، މާފަންނު އުތުރު ދާއިރާގެ ހުސައިން ފުރުޝާން އާއި، މައްޗަންގޮޅި އުތުރު ދާއިރާގެ ހަދީޖާ މުހައްމަދު އަދި މައްޗަންގޮޅި މެދު ދާއިރާގެ ހައްވާ ޝިފާނާއެވެ.
މި ނިންމުމާ ގުޅޭގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، މިހާރު މާލޭގައި ހުރި މަސްމާރުކޭޓަކީ މަސް ވިއްކުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫން ކަމަށާއި، އެ ތަނުގެ ސިއްހީ ރައްކާތެރިކަމާ މެދު ވެސް ސުވާލު އުފެދިފައިވާ ކަމަށެވެ. އެހެންކަމުން، މާލޭގެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، އެ ސަރަހައްދު ވީހާވެސް އަވަހަށް ތަރައްގީކޮށް ނިންމުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސިޓީ ކައުންސިލުން ފާސްކުރި ގަރާރުގައި ބިން ހަވާލުކުރުމަށް މުހިންމު ޝަރުތުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، ދެ އަހަރާއި ބައިގެ މުއްދަތެއްގެ ތެރޭގައި މަސައްކަތް ނިންމުމަށްފަހު އިމާރާތް ކައުންސިލާ ހަވާލުކުރަން ޖެހޭނެއެވެ. އަދި އިމާރާތުގެ ކުރެހުންތައް ކައުންސިލާ ހިއްސާކުރުމަށާއި، އެ ބިމުން އެއްވެސް ބައެއް އެހެން ފަރާތަކަށް ނުދިނުމަށް ވެސް ވަނީ ޝަރުތުކޮށްފައެވެ. މީގެ އިތުރުން، މިހާރު އެ ސަރަހައްދުގައި ތިބި ވިޔަފާރިވެރިންނަށް ވަގުތީ ގޮޅިތަކެއް ހަމަޖައްސައިދިނުމަށް ފަހު ނޫނީ އަމަލީ މަސައްކަތް ނުފެށުމަށް ވެސް ގަރާރުގައިވެއެވެ.
ފަސް ފަންގިފިލާއަށް އިމާރާތްކުރާ މި "ވެޓް މާކެޓް ކޮމްޕްލެކްސް" އަކީ މާލޭގެ ހުރިހާ މާރުކޭޓެއް އެއް ތަނަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދޭ މަޝްރޫއެކެވެ. މި މަޝްރޫއު ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ޓްރަސްޓެންޑް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ މިދިޔަ މާޗު މަހުއެވެ. ނަމަވެސް މަސައްކަތް ފެށުން ލަސްވެފައިވަނީ ބިން ހަވާލުނުކުރެވި އޮތުމުގެ ސަބަބުން ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މީގެ ކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު